ތަލްބީނާ އަކީ ކީރިތި ރަސޫލާ محمد صلى الله عليه وسلم ގެ ޞައްޙަ ހަދީޡުން ސާބިތުވެފައިވާ ގޮތުގައި ބަލިމީހާގެ ހިތަށް ފިނިކަން ގެނެސްދޭ، ހިތާމަވެރިކަމުން ލުޔެއް ގެނެސްދޭ ފޮނި ކާއެއްޗެކެވެ.
ބޭނުންވާނެ ތަކެތި:
3 ޖޯޑު ފުލް ކްރީމް ކިރު
6 މޭޒުމަތީ ސަމުސާ ބާރުލީ ފުށް
ކަދުރު – ގާނިޝް ކުރުމަށް
އާމަންޑް – ގާނިޝް ކުރުމަށް
ކެޝޫނަޓް – ގާނިޝް ކުރުމަށް
މާމުއި – ގާނިޝް ކުރުމަށް
ތައްޔާރުކުރާނެ ގޮތް:
ކުޑަ ތެއްޔެއްގައި ބާރުލީ ފުށް ރޯފިލަންދެން ކައްކާށެވެ. ދެން އޭގެ ތެރެއަށް ކިރު އަޅާފައި މަޑު ގިނީގައި އޮލަވަންދެން ކައްކާށެވެ. އުނދުން ނިއްވާލުމަށްފަހު ކަދުރު، އާމަންޑް، ކެޝޫނަޓް އަދި މާމުއި ބޭނުންކޮށްގެން ގާނިޝްކޮށްލާށެވެ. ހޫނުކަންމަތީ ސާވްކޮށްލާށެވެ.
މި ލިޔުން ކިޔާލުމުން