Thursday, October 29
ޓިމޮތީ ގެ ޝުކުރު ކައިލީ އަށް!

ހޮލީވުޑްގެ މަޝްހޫރު އެކްޓަރު ޓިމޮތީ ޝަލަމޭ، އޭނާގެ ލޯބިވެރިޔާ އަދި މަޝްހޫރު ވިޔަފާރިވެރިޔާ ކައިލީ ޖެނާ އޭނާއަށް ދޭ އެއްބާރުލުމަށާއި އެހީތެރިކަމަށްޓަކައި ޝުކުރު އަދާކޮށްފިއެވެ.

ޓިމޮތީ ކައިލީއަށް ޝުކުރު އަދާ ކޮށްފައި މިވަނީ މިފަހުން އޮތް ކްރިޓިކްސް ޗޮއިސް އެވޯޑުގައި އޭނާއަށް ލިބުނު އެވޯޑު ގަބޫލު ކުރަމުން ދެއްކި ވާހަކައިގަ އެވެ.

ޓިމޮތީގެ ފިލްމީ ކެރިއަރުގެ އެންމެ ބުރަ ވަގުތުތަކުގައިވެސް ކައިލީގެ ފަރާތުން ލިބޭ ހިތްވަރާއި ސަޕޯޓަކީ އޭނާގެ މަސައްކަތަށް ލިބޭ ވަރަށް ބޮޑު ހިތްހަމަޖެހުމެކެވެ. ޚާއްޞަކޮށް، ދާދި ފަހުން ޓިމޮތީ ކުޅެފައިވާ ފިލްމުތަކުގެ ޕްރޮމޯޝަން މަސައްކަތްތަކުގައާއި، ބޭރު ގައުމުތަކުގައި ބޭއްވުނު ފިލްމު ޕްރިމިއާ ތަކުގައި ކައިލީ ބައިވެރިވެ، ޓިމޮތީއަށް ހިތްވަރު ދީފައިވާކަން ފާހަގަކުރިއެވެ.

ޓިމޮތީގެ ވާހަކަ ފަށާފައިވަނީ އޭނާގެ ޓީމާއި ޑައިރެކްޓަރުންނަށް ޝުކުރު އަދާ ކުރަމުންނެވެ. އެހެން ނަމަވެސް ވާހަކަ ނިންމާލުމުގެ ކުރިން އޭނާ ވަނީ ކައިލީގެ ނަން ފާހަގަ ކޮށްފަ އެވެ.

"އެންމެ ފަހު ކަމަކަށް އަހަރެންގެ ތިން އަހަރުވީ ބައިވެރިޔާއަށް ހިތުގެ އެންމެ އަޑިން ޝުކުރު އަދާކުރަން. އަހަރުމެންގެ މި ވަރުގަދަ ބިންގަލަށް ޝުކުރިއްޔާ" ޓިމޮތީ ބުންޏެވެ.

ޓިމޮތީއަށް އެވޯޑު ލިބުނުއިރު ކައިލީ އެ ހަފްލާގައި ބައިވެރިވެސް ވިއެވެ. އޭނާ ވަނީ ޓިމޮތީއާއެކު ހަފްލާގެ ރެޑް ކާޕެޓުން ވެސް ފެނިފަ އެވެ.

ކްރިޓިކްސް ޗޮއިސް އެވޯޑުގައި އެންމެ މޮޅު އެކްޓަރުގެ އެވޯޑު ޓިމޮތީއަށް ލިބުނީ "މާޓީ ސުޕްރީމް"ގައި އޭނާ ދައްކުވައިދިން އެކްޓިން އަށެވެ.

މި ލިޔުން ކިޔާލުމުން

Like
Love
Ah Ah
Wow
Sad
ކިޔުންތެރިންގެ ހިޔާލު