އާދިއްތަ, November 1
ފުރަތަމަ ފަހަރަށް ރިތިކްއާއި ސަލްމާން އެއްކޮށް ސިނަމާއަށް

ބޮލީވުޑްގެ މަޝްހޫރު ދެތަރިން ކަމުގައިވާ ސަލްމާން ހާންް އަދި ރިތިކް ރޯޝަން ފުރަތަމަ ފަހަރަށް އެއްކޮށް ފިލްމެއް ކުޅެން ތައްޔާރުވެއްޖެއެވެ.

މި ދެތަރިން އެއްކޮށް ކުޅެން ހަމަޖެހިފައިވަނީ ކުރު އިސްތިހާރު ފިލްމެކެވެ.

މުމްބާއީގައި ޝޫޓް ކުރަން ހަމަޖެހިފައިވާ މި ފިލްމް ގެ ޑައިރެކްޓަރަކީ ސަލްމާންގެ "ސުލްތާން"، "ބާރަތް"، އަދި "ޓައިގާ ޒިންދާހޭ"ގެ ވެސް ޑައިރެކްޓަރު އަލީ އައްބާސް ޒަފަރުއެވެ.

މި ފިލްމު އަޅުވާނެ ރަސްމީ ތާރީހެއް ވަރަށް އަވަހަށް  އިއުލާން ކުރަން ތައްޔާރުވަމުން އަންނައިރު، މި ފިލްމަކީ ސަލްމާން އަދި ރިތިކް ވެސް ވަރަށް ބޮޑަށް އުއްމީދު ކުރި ފިލްމެކެވެ. ދެތަރިން އެއްކޮށް ފިލްމެއް ކުޅެލުމަކީ އެންމެ ކުރިން ފެށިގެން ދެތަރިން ދެކެމުން އާއި ހުވަފެނެކެވެ.

ސަލްމާން މިވަގުތު މަސައްކަަތް ކުރަމުންދަނީ ސާޖިދު ނަޑިއަޑްވާލާގެ "ސިކަންދަރު" ފިލްމުގެ ޝޫޓިންގައެވެ.

އަދި ރިތިކް ޝޫޓް ކުރަމުންދަނީ ޔަޝް ރާޖް ފިލްމްސްގެ "ވާރ2" އެވެ. 

މި ލިޔުން ކިޔާލުމުން

Like
Love
Ah Ah
Wow
Sad
ކިޔުންތެރިންގެ ހިޔާލު