Saturday, November 14
19 ފިލްމާއި އެކު ދިވެހި ފިލްމް ފެސިޓިވަލް އެއް ބާއްވަނީ

މޯލްޑިވްސް ސޮސައިޓީ ފޯރ ޕަރފޯމިންގ އާރޓްސް އިން އިންތިޒާމުކޮށްގެން ފިލްމް އެވޯޑަކާއި ފެސްޓިވަލް އެއް ބާއްވަން ނިންމައިފިއެވެ.

މޯލްޑިވްސް ސޮސައިޓީ ފޯރ ޕަރފޯމިންގ އާރޓްސް ގެ ނާއިބް ރައީސް މުހައްމަދު ވަޙީދު ވިދާޅުވީ، އަވަށްޓެރި ޤައުމުތަކުންވެސް ކަންކުރާގޮތަށް މިފަހަރު އެސޯސިއޭޝަންގެ ބޯޑުން ވެސް ނިންމާފައިވަނީ ފިލްމް އެވޯޑް ބޭއްވުމުގެ ކުރިން ފިލްމް ފެސްޓިވަލް ބޭއްވުމަށްކަމަށެވެ. މިއީ އާއްމުންނަށް ދެވަނަ ފަހަރަށް މި ފިލްމްތައް ބަލާލާ އަމިއްލައަށް ޖަޖްކޮށްލުމުމުގެ ފުރުޞަތު ދިނުމުގެ ގޮތުންކަަމަށެވެ.

ފިލްމް ފެސިޓިވަލް އޮންނާނީ މި ޑިސެމްބަރު މަހުގެ 23-28 އަށް ކަމަށެވެ.

ފިލްމް ފެސްޓިވަލްގައި 2018 އިން ފެށިގެން ރިލީޒް ކުރެވިފައިވާ 19 ފިލްމެއް އެޅުވުމަށް ވަނީ ހަމަޖެހިފައެވެ.

އޮލިމްޕަހުގައި މި ފިލްމްތައް އެޅުވުމަށް ހަމަޖެހިފައިވާއިރު ޓިކްޓް ވިއްކުމަށް ހަމަޖެހިފައިވަނީ 50 ރުފިޔާއަށެވެ.

ފިލްމު އެވޯޑް ބޭއްވުމަށް މިހާރު ދަނީ ޤަވާޢިދު ހެދުމާއި، ޖަޖުން ކަނޑައެޅުމުގެ މަސައްކަތް ކުރަމުންނެވެ. އެހެން ނަމަވެސް އެސޯސިއޭޝަނުން އަދި އެވޯޑްގެ އިތުރު ތަފްޞީލް ހާމަކޮށްފައެއް ނުވެއެވެ.

މޯލްޑިވްސް ސޮސައިޓީ ފޯރ ޕަރފޯމިންގ އާރޓްސް އިން ދިވެހި ފިލްމީ ފަންނާނުންނަށް ރާއްޖެއާއި ރާއްޖެއިން ބޭރުން ފުރުޞަތު ހޯދުމަށް ދަނީ މަސައްކަތް ކުރަމުންނެވެ.

މި ލިޔުން ކިޔާލުމުން

Like
Love
Ah Ah
Wow
Sad
ކިޔުންތެރިންގެ ހިޔާލު