Tuesday, November 10
ފޯރިގަދަ މަސްރޭހުން އެއްވަނަ ފުއްލާޒް ރެކްރިއޭޝަން ކުލަބަށް

މިއަހަރުގެ މަސްވެރިންގެ ދުވަހާއި ގުޅިގެން ބޭއްވި މަސް ރޭސް ކާމިޔާބުކަމާއި އެކު ނިންމާލައިފިއެވެ.

ފިޝަރީޒް މިނިސްޓްރީން ހުޅުވާލި މި މަސްރޭހުގައި ސަރުކާރުގެ ވުޒާރާތަކާއި ކުންފުނިތަކާއި އަމިއްލަ އެކި ފަރާތްތައް ހިމެނޭހެން ޖުމްލަ 25 ޓީމު ވަނީ ބައިވެރިވެފައެވެ. މިޓީމުތަކުގައި 500އަށްވުރެ ގިނަ މީހުން ބައިވެރިވިއެވެ.

އެންމެގިނަ ޕޮއިންޓް ހޯދައިގެން މަސްރޭހުން އެއްވަނަ ހޯދާފައިވަނީ ފުއްލާޒް ރެކްރިއޭޝަން ކުލަބެވެ. ދެވަނަ ހޯދާފައިވަނީ ޗިލް ބްރޯސް ނަމަކަށް ކިޔާ ޓީމަކުންނެވެ. އަދި ތިން ވަނަ ހޯދާފައިވަނީ އެސްޓީއޯއިންނެއެވެ.

މުބާރާތުގެ އެއްވަނަ ޓީމަށް 25،000 ރުފިޔާ، ދެވަނަ ޓީމަށް 20،000 ރުފިޔާ އަދި ތިން ވަނަ އަށް ދިޔަ ޓީމަށް 15،000 ރުފިޔާގެ ފައިސާގެ އިނާމް ވަނީ ދީފައެވެ.

ހަމަ މިއާއި އެކު އެންމެ ބަރުމަސް ބޭނި، އެމް.ޕީ.އެލް ޓީމްގެ މުޙައްމަދު އިނާޙް އަށް ވަނީ 2000 ރުފިޔާގެ ފައިސާގެ އިނާމް ވަނީ ހަވާލުކޮށްފައެވެ. އޭނާ ބާނާފައިވާ މަހުގެ ބަރުދަނަކީ 7.2 ކިލޯގްރާމްއެވެ.

މާލެ ސަރަޙައްދުގައި ކުރިއަށް ދިޔަ މި މުބާރާތުގެ ޓީމްތައް މަހަށް ފުރާފައިވަނީ އިއްޔެ މެންދުރު 3 ޖެހިއިރުއެވެ. ޓީމްތައް އަނބުރާ އައިސްފައިވަނީ ރޭ 9 ޖެހިއިރުއެވެ. ޓީމްތައް ލަފާ ވަރަކުން އެ ޓީމަކުން ބޭނި މަސްތައްވަނީ ކިރާ ވަނީ ޕޮއިންޓް ދީފައެވެ.

މި ލިޔުން ކިޔާލުމުން

Like
Love
Ah Ah
Wow
Sad
ކިޔުންތެރިންގެ ހިޔާލު