Saturday, November 14
ނާއިޝް ގެ ކެލިގްރަފީ ހުނަރު ތަރައްޤީ ކުރުމަށް ދާއިރާގެ ފަންނުވެރިޔަކު ހަމަޖައްސަނީ

އިސްލާމީ ކެލިގްރަފީ އިން ހުނަރުވެރިކަން ދައްކާލި، ޖަމާލުއްދީން ސްކޫލުގެ ދަރިވަރު ހުސެން ނާއިޝްއާއި އިސްލާމީ ކަންތައްތަކާ ބެހޭ ވަޒީރު ޑރ. މުޙައްމަދު ޝަހީމް އަލީ ސަޢީދު ބައްދަލުކުރައްވާ ގިނަ ފުރުސަތުތަކެއް ފަހިކޮށްދެއްވައިފިއެވެ.

މި ބައްދަލުވުމުގައި ވަޒީރު ވަނީ ނާއިޝްގެ ހުނަރު އިތުރަށް ތަރައްޤީކޮށް ނާއިޝްއަށް އެ ދާއިރާއިން ގިނަ ފުރުސަތުތަކެއް ފަހިކޮށްދެއްވާނެކަމުގެ ޔަޤީންކަން ދެއްވާފައެވެ. އެގޮތުން ދާއިރާއިން ބޭނުންވާ ހުނަރުތަރައްގީކޮށް ދަސްކުރުމަށް އެހީތެރިވުމާއި ގްރޭޑް ނިމުމުން، ގުރުއާނާ ބެހޭ މަރުކަޒުގައި، މި ހުނަރު އެހެން ކުދިންނަށް ދަސްކޮށްދިނުމަށް އޭނާއާ ހަވާލުކުރުން ހިމެނެއެވެ.

މީގެ އިތުރުން އަންނަ އަހަރު ހުޅުވާ އައްޑޫގެ އިސްލާމިކް ސެންޓަރާއި ހިތަދޫ އިސްލާމިކް ސެންޓަރާއި ފުވައްމުލަކު ގުރުއާން މަރުކަޒުގައި ނާއިޝްގެ އިސްލާމިކް ކެލިގްރަފީގެ ލިޔުންތައް ބެހެއްޓުމަށްވެސް ވަނީ ފުރުޞަތު ދެއްވާފައެވެ.

ހަމަމިއާއި އެކު އިސްލާމިކް ކެލިގްރަފީ ހެދުމަށް ބޭނުންވާ ޒަމާނީ ވަސީލަތްތައް ހޯދައިދިނުމާއި، މި ދާއިރާއިން އިތުރު

ނާއިޝް ގެ ކެލިގްރަފީ ހުނަރު ތަރައްޤީ ކުރުމަށް ދާއިރާގެ ފަންނުވެރިޔަކު ހަމަޖެއްސުމުގެ ފުރުޞަތުވެސް ދެއްވުމަށް މިނިސްޓަރ ވަނީ ނިންމަވާފައެވެ.

މި ބައްދަލުވުމުގައި ނާއިޝްއާއެކު އާއިލާގެ ފަރާތުންވެސް ވަނީ ބައިވެރިވިއެވެ.

ވާހަކަދެއްކުމާއި އިވުމުން މަޙުރޫމްވެފައިވާ ދަރިވަރުގެ ކުރެހުން ފުރަތަމަ އާއްމުކުރީ ޖަމާލުއްދީން ސްކޫލްއިންނެވެ. އެ ސްކޫލުގެ ފާރުގައި ޤުރުއާނުގެ އާޔަތްތައް ކެލިގްރާފްކޮށްފައިވާ މަންޒަރު އެ ސްކޫލުން އާއްމުކުރުމާއެކު ގިނަ ބަޔަކު ވަނީ އެ ދަރިވަރަށް ތައުރީފްކޮށްފައެވެ.

މި ލިޔުން ކިޔާލުމުން

Like
Love
Ah Ah
Wow
Sad
ކިޔުންތެރިންގެ ހިޔާލު