އ.ދ. ގެ އަންހެނުންގެ ކޮމިޝަންގެ އިންތިޚާބަކީ މިންތީގެ ހަމަހަމަކަން ކުރިއެރުވުމުގައި ރާއްޖެއިން ހޯދާފައިވާ ކުރިއެރުންތަކުގެ ހެއްކެއް ކަމުގައި ޚާރިޖީ ވަޒީރު ޑރ. ޢަބްދުﷲ ޚަލީލް ވިދާޅުވެއްޖެއެވެ.
ވަޒީރު މިހެން ވިދާޅުވީ އ.ދ. ގެ ކޮމިޝަން އޮން ދަ ސްޓޭޓަސް އޮފް ވިމެންގެ 2026-2030 ގެ ދައުރަށް ރާއްޖެ އިންތިޚާބުވުމާ ގުޅިގެން އެކްސްގައި ކުރެއްވި ޕޯސްޓެއްގައެވެ.
Today, the Maldives has been elected to the Commission on the Status of Women (@UN_Women) for the term 2026-2030.
This election is a testament to the progress Maldives has made in promoting and achieving gender equality. The Maldives has constantly advocated for women's…
— Abdulla Khaleel (@abkhaleel) April 4, 2025
މިގޮތުން ވަޒީރު ވިދާޅުވީ ރާއްޖެއިން ވަނީ އަންހެނުން ބާރުވެރިކުރުވުމަށް މެދުނުކެނޑި ވަކާލާތުކޮށް، ސިޔާސަތުތައް ޤާއިމްކޮށް، ޤާނޫނީ އިޞްލާޙުތައް ގެނެސް، އެކި ދާއިރާތަކުގެ ލީޑަރޝިޕްގައި އަންހެނުންގެ ބައިވެރިވުން އިތުރުކުރުމަށް ގިނަ މަސައްކަތްތަކެއް ކޮށްފައި ކަމަށެވެ.
މީގެ އިތުރުން، ރާއްޖޭގައާއި ދުނިޔޭގެ އެކި ކަންކޮޅުތަކުގައި އަންހެނުންގެ ޙައްޤުތައް ކުރިއެރުވުމަށްޓަކައި ރަނގަޅު ހައްލުތަކެއް ހޯދައިދިނުމަށް، އ.ދ. ގެ އަންހެނުންގެ ކޮމިޝަންގައި ތިއްބެވި ބައިވެރިންނާއެކު މަސައްކަތްކުރައްވަން ތައްޔާރަށް ތިއްބެވި ކަމުގައި ވަޒީރު ވިދާޅުވިއެވެ.
މި ލިޔުން ކިޔާލުމުން