12 ރަށުގައި ކުޑަކުދިންގެ ޕާކް ތަރައްޤީކުރުމުގެ އެއްބަސްވުމުގައި، މިނިސްޓްރީ އޮފް ސިޓީސް، ލޯކަލް ގަވަރމަންޓް އެންޑް ޕަބްލިކް ވާރކްސްއިން އެމް.ޓީ.ސީ.ސީ، އާރު.ޑީ.ސީ އަދި ފެނަކައާއެކު މިއަދު ސޮއިކުރައްވައިފި.
އެގޮތުން ނ.ވެލިދޫ އަދި ނ. ކެނދިކުޅުދޫގައި ކުޑަކުދިންގެ ޕާކް ތަރައްޤީ ކުރުމަށް ރޯޑް ޑިވެލޮޕްމަންޓް ކޯޕަރޭޝަނާއި އެކު އެއްބަސްވުމުގައި ވަނީ ސޮއިކޮށްފައެވެ.
މިއެއްބަސްވުމުގައި ރޯޑް ޑިވެލޮޕްމަންޓް ކޯޕަރޭޝަންގެ ފަރާތުން ސޮއިކުރެއްވީ މެނޭޖިން ޑިރެކްޓަރ ބްރިގޭޑިއަރ ޖެނެރަލް ރިޓަޔަރޑް އަލީ ޒުހެއިރު އެވެ.
12 ރަށެއްގައި ކުޑަކުދިންގެ ޕާކް ތަރައްޤީ ކުރުމުގެ މަޝްރޫޢުގެ ދަށުން ނ.ވެލިދޫ އަދި ނ. ކެނދިކުޅުދޫގައި ކުޑަކުދިންގެ ޕާކް ތަރައްޤީ ކުރުމަށް މިނިސްޓްރީ އޮފް ސިޓީސް، ލޯކަލް ގަވަރމަންޓް އެންޑް ޕަބްލިކް ވާރކްސް އިން ވަނީ މި ކޯޕަރޭޝަނާއި އެކު އެއްބަސްވުމުގައި ސޮއިކޮއްފައެވެ.… pic.twitter.com/I3jT22j1dT
— Road Development Corporation Ltd (@rdcmaldives) March 29, 2025
ށ. ކޮމަންޑޫ، ނ.ފޮއްދޫ، ނ.މަނަދޫ އަދި ފ. ނިލަންދޫ ގައި ކުޑަކުދިންގެ ޕާކް ތަރައްޤީ ކުރުމަށް ހަވާލުކުރީ މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިންގް ކޮމްޕެނީ، އެމްޓީސީސީއާއެވެ.
MTCC has signed with the Ministry of Cities, Local Governments & Public Works to develop children’s parks in Sh. Komandoo, N. Fohdhoo, N. Manadhoo, and F. Nilandhoo.
This initiative aims to create safe and engaging recreational spaces for young children, encouraging active… pic.twitter.com/rHkoeInrqq
— MTCC Plc (@MTCCPlc) March 29, 2025
މި ރަސްމިއްޔާތުގައި ށ. ފީވަކާއި، ނ. ހެނބަދޫއާއި، ނ. މާޅެންދޫއާއި އަދި ނ. ކުޑަފަރީގެ އިތުރުން މ. ވޭވަށާއި، މ. މަޑުއްވަރީގައި ޕާކު ތަރައްޤީކުރުމަށް ސޮއިކުރީ ފެނަކަ ކޯޕަރޭޝަނާއި އެކުގައެވެ.
މި އެއްބަސްވުންތަކުގައި މިނިސްޓްރީގެ ފަރާތުން ސޮއިކުރެއްވީ ޕާރމަނަންޓް ސެކްރެޓަރީ ޑރ. ފާޠިމަތު މުނާއެވެ. ފެނަކައިގެ ފަރާތުން ސޮއިކުރެއްވީ އެ ކުންފުނީ އެމްޑީ މޭޖަރ ރިޓެއާޑް މުޙައްމަދު ނަޖާޙެވެ.
މި ރަސްމިއްޔާތުގައި މިނިސްޓަރ އޮފް ސިޓީސް، ލޯކަލް ގަވަރމަންޓް އެންޑް ޕަބްލިކް ވާރކްސް އާދަމް ޝަރީފު ޢުމަރާއި، ސްޓޭޓް މިނިސްޓަރ އަޙްމަދު ރަޝީދު ވާހަކަފުޅުދެއްކެވިއެވެ. މިއަދު ސޮއިކުރެވުނު ކުޑަކުދިންގެ ޕާކުތައް ކުރިއަށް އޮތް 6 މަސްދުވަހުގެ ތެރޭ ނިންމުމަށް ވަނީ ހަމަޖެހިފައެވެ.
މި ލިޔުން ކިޔާލުމުން