އާދިއްތަ, October 11
ފޮޓޯ ސްޓޯރީ: އީދު ފާހަގަކުރަން ހޯނޑެއްދޫގައި ކުޅުނު މަންޑި

އީދު ފާހަގަކުރުމަށް ހޯނޑެއްދޫގައި ކުޅުނު މަންޑި ކުޅިވަރު: ފޮޓޯ: ހޯނޑެއްދޫ ފިޓްނެސް އެންޑް ރެކްރިއޭޝަން ކްލަބް

މާލެ އެކޭ އެއްގޮތަށް އަތޮޅުތަކުގައިވެސް މިއަހަރުގެ ފިތުރު އީދު ވަރަށް ކުލަގަދަކޮށް ކުރިއަށް ދިޔައެވެ. އެގޮތުން ޢީދުގެ އުފާވެރިކަމުގައި ހޯނޑެއްދޫން ވަނީ  ކުރީގައި އެރަށުގައި ވަރަށް ފޯރިގަދަކަމާއެކު ކުޅެމުން އައި '"މަންޑި"' މި ކުޅިވަރު، އަހަރުތަކަކަށްފަހު އަލުން ކުޅެފައެވެ. އެ ރަށު ޖަމިއްޔާއެއް ކަމަށްވާ ހޯނޑެއްދޫ ފިޓްނެސް އެންޑް ރެކްރިއޭޝަން ކްލަބުން ބުނީ އަލު މިކުޅިވަރު ކުޅެވިގެން ދިއުމަކީ ޒުވާނުންނަށް ލިބިގެންދިޔަ ނުހަނު ބޮޑު އުފަލެއްކަމަށެވެ.

ޒުވާނުންގެ އިސްނެގުމާއެކު ކުރިއަށް ގެންދެވުނު މި މަންޑި ކުޅިވަރަކީ އިޖްތިމާޢީ އެއްބައިވަންތަކަން އާލާވެ، ކުރިއެރުވުމަށް މަގުފަހިވެގެންދިޔަ ފުރުޞަތެކެވެ. މިފަދަ ސަގާފީ ކުޅިވަރުތައް އާލާކޮށް ދިރުވުމަކީ އަމިއްލަވަންތަކަން ދެމެހެއްޓުމަށް ކޮންމެހެން ކުރަންޖެހޭ ކަމެއް ކަމަށް އެރަށު މި ޖަމްއިއްޔާއިން ދެކެއެވެ.

އީދު ފާހަގަކުރުމަށް ހޯނޑެއްދޫގައި ކުޅުނު މަންޑި ކުޅިވަރު: ފޮޓޯ: ހޯނޑެއްދޫ ފިޓްނެސް އެންޑް ރެކްރިއޭޝަން ކްލަބް

 

 

 

މި ލިޔުން ކިޔާލުމުން

Like
Love
Ah Ah
Wow
Sad
ކިޔުންތެރިންގެ ހިޔާލު