Tuesday, November 10
އެސްޓީއޯ އިން 20 ރުފިޔާއަށް ކާށި ކިލޯއެއް!
ރަމަޟާން މަހަށް ޚާއްޞަކޮށް އެސްޓީއޯއިން ހެޔޮ އަގުގައި ކާށި ބާޒާރަށް ނެރެފިއެވެ. މިގޮތުން އެސްޓީއޯއިން ބުނީ އެސްޓީއޯ ޕީޕަލްސް ޗޮއިސް އިން 20ރ. އަށް ކިލޯއެއްގެ ރޭޓުން ކާށި ލިބެން ހުންނާނެ ކަމަށެވެ. އެސްޓީއޯއިން ހެޔޮ އަގުގައި ބާޒާރަށް ކާށި ނެރެފައިވާއިރު، މާލޭގެ ބާޒާރުގައި ކާށި މަދުވެ ކާށީގެ އަގު ވަނީ އުފުލިފައެވެ. މިގޮތުން ބާޒާރުގައި އިއްޔެ ކާއްޓެއްގެ އަގު 50ރ. އަށްވެސް އަރާފައިވެއެވެ. މިއަހަރުގެ ރަމަޟާން މަހަށް އެސްޓީއޯއިން ވަނީ ޚާއްޞަ ތައްޔާރީތަކެއް ވެފައެވެ. އެގޮތުން ރަމަޟާން މަހަށް ބޭނުންވާ މުދާ ފަސޭހަކަމާއެކު ލިބޭނެ ގޮތް ހަމަޖެއްސުމަށް ކުރީ އަހަރުތަކުގެ ތަޖުރިބާގެ އަލީގައި ޚާއްޞަ ސަމާލުކަމެއް ދީގެން މަސައްކަތްތަކެއް ކުރަމުންދެއެވެ. އެސްޓީއޯއިން މަޢުލޫމާތު ދެއްވާފައިވާ ގޮތުގައި، ބާޒާރުގައި މުދަލުގެ އަގުތަކަށް އަންނަ ބަދަލުތައް ދިރާސާކޮށް، އަގު މައްޗަށް ދާ ތަކެތި ދެނެގަނެ، އެކަމަށް އެކަށީގެންވާ ފިޔަވަޅުތަކެއް އަޅާނެއެވެ. ރަމަޟާން މަހަށް އެސްޓީއޯއިން ވަނީ ހަތަރު ކެޓަގަރީއަކަށް ބަހާލައިގެން ކާބޯތަކެތި އެތެރެކުރުމަށް ހަމަޖައްސާފައެވެ. މީގެ ތެރޭގައި އަސާސީ ކާބޯތަކެތީގެ ގޮތުގައި ފިޔާ، ބިސް، އަލުވި، ކާށި އަދި ކަދުރުގެ އިތުރުން، ތާޒާ ތަރުކާރީއާއި މޭވާ، ތައްޔާރީ ކާނާ އަދި ކެއްކުމަށް ބޭނުންކުރާ ތަކެތި ހިމެނެއެވެ.

މި ލިޔުން ކިޔާލުމުން

Like
Love
Ah Ah
Wow
Sad
ކިޔުންތެރިންގެ ހިޔާލު