Tuesday, November 10
ރާއްޖޭގެ ބޭންކްތަކަށް ޑޮލަރު މާރުކުރުން މިއަދުން ފެށިގެން ލާޒިމް

ޑޮލަރުން އާމްދަނީ ލިބޭ ވިޔަފާރިތަކުން ބޭންކަށް ޑޮލަރު މާރުކުރުން ލާޒިމްވެއްޖެ

ރާއްޖޭގައި ހިންގާ ވިޔަފާރިތަކުގެ ތެރެއިން ޑޮލަރުން އާމްދަނީ ވަންނަ ވިޔަފާރިތަކުގެ އާމްދަނީ ދިވެހި ބޭންކުތަކަށް މާރުކުރުން މިއަދުން ފެށިގެން ލާޒިމް ވެއްޖެއެވެ.

އެއީ ރާއްޖެއަށް ވަންނަ ޑޮލަރު، ރާއްޖޭގެ ބޭންކުތައް މެދުވެރިކޮށް މާރުކުރަން މަޖުބޫރުވާގޮތަށް އެކުލަވާލަވާލި ބޭރު ފައިސާއާ ބެހޭ ގާނޫނަށް މިއަދުން ފެށިގެން ޢަމަލުކުރަން ފެށުމުންނެވެ.

ކޮންމެ ފަތުރުވެރިއެއްގެ ބޮލަށް ވަކި ވަރަކަށް ޑޮލަރު ބޭންކަށް މާރުކުރަން އަންގައި މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ)އިން ފުރަތަމަ އެކުލަވައިލީ ގަވާއިދެކެވެ. އެ ގަވާއިދު އިއުލާން ކުރުމާއެކު ފަތުރުވެރިކަމުގެ ހިދުމަތްދޭ ފަރާތްތަކުން ވަނީ ކަންބޮޑުވުން ފާޅުކޮށްފައެވެ.  ބައެއް ފަރާތްތަކުން އެކަން ނުކުރެވޭނެ ކަމަށް އެމްއެމްއޭ އަށް ވެސް އެންގިއެވެ.

ނަމަވެސް އެމް.އެމް.އޭ އިން ވަނީ ބޮޑެތި ބަދަލުތަކާއެކު އެކު ބިލެއް ހަދާ މަޖިލީހަށް ހުށަހަޅުމުން މަޖިލީހުން ވަނީ އެ ބިލް ފާސްކޮށްފައެވެ.

މިއަދު އަމަލު ކުރަން ފެށި ގާނޫނުގައި ބުނާ ގޮތުން ޓޫރިސްޓުންނަށް ޚިދުމަތް ދޭ ތަންތަން ވަނީ ގިންތިތަކަށް ބަހާލާފައެވެ. އެއީ "ކެޓެގަރީ-އޭ ޓޫރިޒަމް އެސްޓެބްލިޝްމަންޓް" އަދި "ކެޓެގަރީ-ބީ ޓޫރިޒަމް އެސްޓެބްލިޝްމަންޓް" އެވެ.

ކެޓެގަރީ-އޭގައި ހިމެނެނީ ރަޖިސްޓަރީކޮށްފައިވާ ރިޒޯޓުތަކާއި، އިންޓަގްރޭޓަޑް ޓޫރިސްޓް ރިޒޯޓުތަކާއި، ޕްރައިވެޓް އައިލެންޑްތަކާއި އެނޫންވެސް ތަންތަނެވެ. މި ކެޓަގަރީން ހިދުމަތްދޭ ކޮންމެ ފަތުރުވެރިއެއްގެ ބޮލަކަށް 500 އެމެރިކާ ޑޮލަރު ބޭންކްތަކުގައި މާރުކުރަންޖެހެއެވެ.

ކެޓެގަރީ-ބީގައި ހިމެނެނީ ރަޖިސްޓަރީކޮށްފައިވާ ޓޫރިސްޓް އުޅަނދުތަކާއި، ޓޫރިސްޓް ހޮޓާތަކުގެ އިތުރުން ޓޫރިސްޓް ގެސްޓްހައުސްތަކެވެ. މި ކެޓަގަރީން ހިދުމަތް ހޯދާ ކޮންމެ ފަތުރުވެރިއެއްގެ ބޮލަކަށް 25 އެމެރިކާ ޑޮލަރު މާރުކުރަންޖެހެއެވެ.

ބޭރު ފައިސާއާ ބެހޭ ބިލު ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުއިއްޒު ތަސްދީގު ކުރައްވާފައި ވަނީ ނިމިދިޔަ ޑިސެމްބަރު މަހުގެ 14 ވަނަ ދުވަހުގައެވެ.

މި ލިޔުން ކިޔާލުމުން

Like
Love
Ah Ah
Wow
Sad
ކިޔުންތެރިންގެ ހިޔާލު