Tuesday, November 10
ތިލަފުށީ ބަނދަރު މަޝްރޫޢާއި ބެހޭ މަޢުލޫމާތު މިނިސްޓަރ އާއި ހިއްސާކޮށްފި
މިނިސްޓަރ އޮފް ކޮންސްޓްރަކްޝަން, ހައުސިންގް އެންޑް އިންފްރާސްޓްރަކްޗަރ ޑރ. އަބްދުﷲ މުއްޠަލިބް، މާލޭ ކޮމާޝަލް ހާބަރަށް ޒިޔާރަތްކުރައްވައި، ބަނދަރުގެ މަސައްކަތްތައް ހިނގަމުންދާ ގޮތް ބައްލަވާލައްވައިފިއެވެ. މިނިސްޓަރ ގެ މި ޒިޔާރަތުގައި ބަނދަރު ބަދަލުކުރުމުގެ މަޝްރޫޢާއި ތިލަފުށީ ބަނދަރު ތަރައްޤީކުރުމުގެ މަޝްރޫޢާއި ބެހޭ މަޢުލޫމާތު ހިއްސާކުރެވުނެވެ. މީގެ އިތުރުން މިނިސްޓަރ ވަނީ ބަނދަރުގެ އެކި ސަރަޙައްދުތަކަށް ޒިޔާރަތްކުރައްވައި، ބަނދަރުގެ އިތުރު މަސައްކަތްތައް ކުރިއަށްދާ ގޮތާއި ބެހޭގޮތުން މަޢުލޫމާތު ސާފުކުރައްވާފައެވެ. ރާއްޖޭގެ ކޮމާޝަލް ބަނދަރުގެ ޚިދުމަތްތައް އިތުރަށް ހަރުދަނާކޮށް، އިމްޕޯޓް އެކްސްޕޯޓް ވިޔަފާރިތަކަށް އިތުރު ލުއިފަސޭހަ ގޮތްތަކެއް ތަނަވަސްކޮއްދެއްވުމަށް ސަރުކާރުން ކެނޑިނޭޅި ގިނަގުނަ މަސައްކަތްތަކެއް ކުރައްވަމުން ގެންދަވާކަން މި ޒިޔާރަތުގައި މިނިސްޓަރ ވަނީ ފާހަގަކުރައްވާފައެވެ. މިނިސްޓަރާއެކު މި ޒިޔާރަތުގައި މިނިސްޓްރީގެ އިސްބޭފުޅުންނާއި،  މޯލްޑިވްސް ޕޯޓްސް ލިމިޓެޑްގެ ޗީފް އެގްޒެކެޓިވް އޮފިސަރ މުޙައްމަދު ވަޖީހު އިބްރާހީމް، އެމްޕީއެލްގެ އިސް އޮފިޝަލުން އަދި މިނިސްޓްރީގެ ޓެކްނިކަލް ޓީމް ހިމެނެއެވެ.

މި ލިޔުން ކިޔާލުމުން

Like
Love
Ah Ah
Wow
Sad
ކިޔުންތެރިންގެ ހިޔާލު