Tuesday, November 10
އެފްޓީއޭއާ އެކު ވިޔަފާރިތަކަށް ލިބޭ ފުރުޞަތުގެ ބޭނުން ހިފުމަށް މިނިސްޓަރ އެދިވަޑައިގެންފި

ރާއްޖޭގެ ވިޔަފާރިވެރިން،  ޗައިނާ ފްރީ ޓްރޭޑް އެގްރިމަންޓްގެ ބޭނުން ފުރިހަމަގޮތުގައި ހިފުމަށް އިކޮނޮމިކް މިނިސްޓަރ މުހައްމަދު ސަޢީދު އިލްތިމާސްކޮށްފިއެވެ.

މިިނިސްޓަރ މިކަމަށް އިލްތިމާސް ކުރެއްވި ޗައިނާ އާއި ރާއްޖެއާއި ދެމެދު ވެެއިވާ މިނިވަން ވިޔަފާރީގެ އެއްބަސްވުމަށް ޢަމަލުކުރަން ފެށުން އިއުލާންކުރުމަށް މިއަދު ހޮޓެލް ޖެންގައި މިއަދު ބޭއްވި ޚާއްޞަ ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުންނެވެ. މިނިސްޓަރ ވިދާޅުވީ މި އެއްބަސްވުމުގެ ސަބަބުން ޗައިނާ މިއަދު ކުރިއަރައިގެންދާ ދިޔުމުގައި އެންމެ ބޮޑު ފުރުޞަތެއް ލިބޭ އެއް ޤައުމަކަށް ރާއްޖެ ވެގެންދާނެ ކަމަށެވެ.

މި އެއްބަސްވުމުގެ ސަބަބުން ޗައިނާގެ ފްރީ ޓްރޭޑް ބައެއް އޭރިއާތަކުގައި ދިވެހި ކުންފުނިތަކަށް،  ޗައިނާގެ ކުންފުންޏަކަށް ލިބޭ ހުރިހާ ރައިޓްސް ތަކަކާއި އެކު ވިޔަފާރިކުރުމުގެ ފުރުޞަތު ލިބިގެންދާނެކަން މިނިސްޓަރ ފާހަގަކުރެއްވިއެވެ.

"މި އެފްޓީއޭގެ ސަބަބުން ފަހިވެގެން މިދާ ފުރުސަތު، މިއީ ވަރަށް ހިސްޓަރިކް، ސްޓްރެޓީޖިކް ކަމެއް. ފަސް އެނބުރި ބަލައި މިކަން ފާހަގަކުރާނެ ވަރުގެ ފުރުސަތެއް މި ފަހިވީ" ސައީދު ވިދާޅުވިއެވެ.

މިނިސްޓަރ ވަނީ މިއީ މީގެ ކުރިން އެއްވެސް ފްރީ ޓްރޭޑް ޕާރޓްނަރަކަށް މީގެ ކުރިން ދީފައިވާ ބެނިފިޓެއް ނޫންކަން ފާހަގަކޮށްފައެވެ.

މި އެއްބަސްވުން ގާއިމުކުރުމާ އެކު ބައެއް ފަރާތްތަކުން، ޓްރެޑިޝަނަލް މާކެޓުތައް ގެއްލޭނެ ކަމަށް ވިދާޅުވި ނަމަވެސް މިނިސްޓަރ ވިދަޅުވީ ރާއްޖޭގެ ޓްރެޑިޝަނަލް މާރކެޓުތަކުގެ ގޮތުގައި ހުރީ އަވައްޓެރި ގައުމުތަކާއި އެކުވެރި އަރަބި އިމާރާތް (ޔޫއޭއީ) ފަދަ ގައުމުތައް ކަމަށެވެ.

އޭގެ ތެރެއިން ވެސް އިންޑިއާއާ އެކު އެފްޓީއޭ ހެދުމުގެ މަސައްކަތް ކުރަމުން އަންނަކަމަށް މިނިސްޓަރ މިއަދު ވިދާޅުވިއެވެ. އަދި، ތުރުކީއާ އެކުގައި ވެސް ޕްރިފަރެންޝަލް ޓްރޭޑް އެއްބަސްވުމެއް ހަދަން އެއްބަސްވެފައިވާ ކަމަށް ވިދާޅުވިއެވެ.

"ޑިއުޓީއަކާ ނުލާ ދިވެހިރާއްޖޭގެ ބޯޑަރަށް އެތެރެކުރެވޭ ގޮތް މި ވަނީ މިއާ ގުޅިގެން ޓްރެޑިޝަނަލް މާކެޓުތައް ގެއްލިދާނެ ކަމަކަށް އަޅުގަނޑަށް ގަބޫލެއް ނުކުރެވޭ،" ސަޢީދު ވިދާޅުވިެވެ.

ދިވެހިރާއްޖެ އޮތް ސަރަޙައްދާއި، އެހެން ކަންތައްތަކަށް ބަލާއިރު ފްރީ ޓްރޭޑް އެގްރިމަންޓްގެ ބިންގަލަކީ 1 ޖެނުއަރީ 2025 އިން ފެށިގެން ޒީރޯ ޓެރިފްގައި ދިވެހިރާއްޖެއަށް ވިޔަފާރިކުރެވިގެން ދިއުންކަން މިނިސްޓަރ ފާހަގަކުރެއްވިއެވެ. މީގެ ސަބަބުން ސަރވިސް ސެކްޓަރ، އިންވސްޓްމަންޓް ސެކްޓަރ އަދި އިންޓަނެޓްގެ ޒަރީއާއިން ޚިދުމަތް ފޯރުކޮށްދެވޭނެ އިންތިޒާމް ހަމަޖެހިގެންދާނެ ކަމަށް މިނިސްޓަރ ވިދާޅުވިއެވެ.

ޗައިނާ ފްރީ ޓްރޭޑް އެގްރިމެންޓްގެ ދަށުން ވަރަށް ގިނަ ދާއިރާއަކުން ޑިއުޓީ އާއި ނުލާ ރާއްޖެއަށް މުދާ ގެނެސް އަދި ވިޔަފާރިވެރިންނަށް ޗައިނާ އަށް މުދާ ވިއްކުމުގެ ފުރުޞަތު ފަހިވެގެންދާނެއެވެ.

މި ލިޔުން ކިޔާލުމުން

Like
Love
Ah Ah
Wow
Sad
ކިޔުންތެރިންގެ ހިޔާލު