Tuesday, November 10
މަސްވެރިކަމުގެ ވިޔަފާރި ފުރުސަަތުތަކުގެ މައުލޫމާތު ޗައިނާ ވިޔަފާރިވެރިންނަށް ދީފި
މަސްވެރިކަމުގެ ދާއިރާގައި ހުރި ފުރުޞަތުތައް ޗައިނާގެ ވިޔަފާރިވެރިންނާ ހިިއްޞާކޮށްފި ރާއްޖޭގެ މަސްވެރިކަމުގެ ސިނާއަތުގައި ހުރި އިންވެސްޓް ކުރެވެން ހުރި ފުރުސަތުތަކުގެ މައުލޫމާތު ޗައިނާގެ ވިޔަފާރިވެރިންނާ ހިއްސާކޮށްފިއެވެ. މިނިސްޓްރީ އޮފް ފިޝަރީޒް އެންޑް އޯޝަން ރިސޯސަސްގައި ބޭއްވެވި މި ބައްދަލުކުރެއްވުމުގައި، މި ދާއިރާ ކުރިއެރުވުމަށް ރާއްޖެއިން ރާއްވަވާފައިވާ މަޝްރޫޢުތަކުގެ ތަފްޞީލު ވަނީ ދެއްވާފައެވެ. މި ބައދަލުވުމުގައި ސްޕޯޓްސް ފިޝިން ބަނދަރުތައް ތަރައްޤީކުރުމުގެ މަސައްކަތާއި، މެރިކަލްޗަރ ސިނާއަތުގެ ދާއިރާއިން ކުރެވެމުންދާ މަސައްކަތުގެ މަޢުލޫމާތު ހިއްސާކޮށްފައެވެ. އަދި މި ދާއިރާތައް ކުރިއެރުވުމަށް ޓަކައި ބޭރުގެ އިންވެސްޓްމަންޓްތަކަށް އެއްބާރުލުން ދެއްވާނެ ކަމުގެ ޔަގީންކަން ވެސް މިނިސްޓަރ ދެއްވިއެވެ. ޗައިނާ ވަފުދުގެ މި ދަތުރުފުޅުގައި ޗައިނާގެ މިނިސްޓްރީ އޮފް ނެޗުރަލް ރިސޯސަސްގެ ދަށުން ހިންގާ ފަސްޓް އިންސްޓިޓިއުޓް އޮފް އޯޝަނޯގްރަފީގެ ވިޔަފާރިވެރިންނާއި އޮފިޝަލުން ހިމެނިވަޑައިގަންނަވައެވެ. ރާއްޖޭގެ މެރިން ރިސަރޗް އިންސްޓިޓިއުޓާއި ޗައިނާގެ ފަސްޓް އިންސްޓިޓިއުޓް އޮފް އޯޝަނޯގްރަފީއާ ދެމެދު ކުރިއަށް ދިއުމަށް ހުރި ފުރުސަތުތައް ދެ ފަރާތުން ވެސް ވަނީ ބަލައިފައެވެ. މިއަހަރުގެ މަސްވެރިންގެ ދުވަހުގެ މުނާސަބަތާއި ގުޅިގެން ކުރިއަށް ދިޔަ މަސްރޭސް ނިންމުމުގެ ރަސްމިއްޔާތުގައި މިނިސްޓަރ ވަނީ ރާއްޖޭގެ އެކި ސަރަޙައްދުތަކުގައި ފަރުމަހުގެ މަސްވެރިކަން ކުރުމަށް ބަނދަރުތަކެއް ހެދުމަށް ނިންމަވާފައިވާ ކަމަށް ފިޝަރީޒް ވިދާޅުވެފައެވެ. މި ބަނދަރުތައް ހެދުމަށް ބޭނުންވާ ސަރަހައްދު މިހާރު ކަނޑައެޅިފައިވާ ކަމަށްވެސް  މިނިސްޓަރ ވިދާޅުވިއެވެ. ހާބަރުތައް ހެދިގެންދާއިރު އެ ތަންތަނުގައި ސްޕޯޓްސް ފިޝިންގް އަށް ޚާއްޞަ ތަންތަން ހުންނާނެކަމަށެވެ. ޗައިނާ އާއި ދިވެހިރާއްޖޭއާ ދެމެދު ވެފައިވާ މިނިވަން ވިޔަފާރިގެ އެއްބަސްވުމުގެ ދަށުން މަހުން އުފައްދާ ހުރިހާތަކެއްޗެއް ހެން އެއްވެސް ޑިއުޓީ އަކާއި ނުލާ ޖެނުއަރީ 2025 އިން ފެށިގެން ޗައިނާއަށް އެކްސްޕޯޓް ކުރެވޭނެ އެވެ.

މި ލިޔުން ކިޔާލުމުން

Like
Love
Ah Ah
Wow
Sad
ކިޔުންތެރިންގެ ހިޔާލު