Tuesday, November 10
ވައިޑް-ބޮޑީ މަތިންދާ ބޯޓުގެ ކޮންމެ ދަތުރަކުން 10 ޓަނުގެ ކާގޯ މުދާ ގެނެވޭނެ – މޯލްޑިވިއަން

މޯލްޑިވިއަންގެ ދަތުރުތަކުގައި ވައިޑް-ބޮޑީ މަތިންދާ ބޯޓު ބޭނުންކުރަން ފެށުމުން ކޮންމެ ދަތުރަކުން 10 ޓަނުގެ ކާގޯ މުދާ ގެނެވޭނެ ކަމަށް މޯލްޑިވިއަން އިންބުނެފިއެވެ.

މޯލްޑިވިއަން އިން އަންނަ ޖެނުއަރީ މަހުގެ 17 ވަނަ ދުވަހު ވައިޑް-ބޮޑީ މަތިންދާ ބޯޓު ގެ ދަތުރުފެށުމަށް ތައްޔާރުވަމުުންދާ އިރު މި ބޯޓް އަންނަ މަހުގެ 7 ވަނަ ދުވަހު ރާއްޖެ ގެނެވޭނެއެވެ.

ވައިޑް-ބޮޑީ މަތިންދާ ބޯޓު ގެ ދަތުރުތައް ފެށުމާއި ގުޅޭގޮތުން ޓެލެވިޜަން މޯލްޑިވްސްގެ "ހެނދުނު ހެނދުނާ" ޕްރޮގްރާމުގައި ވާހަކަފުޅު ދައްކަވަމުން މޯލްޑިވިއަންގެ ބިޒްނަސް ސްޓްރެޖިސްޓް މުޙައްމަދު ސައްފާޙް ވިދާޅުވީ މި ބޯޯގެ ދަތުރުތައް ފެށުމާއި އެކު ކާގޯ ގެ ޚިދުމަތްވެސް ލިބިގެންދާނެކަމަށެެ. އެގޮތުން ފަސިންޖަރުން ގެ ބެގޭޖް ގެ ބަރުދަނުގެ އިތުރުން ކޮންމެ ދަތުރަކުން 10 ޓަނުގެ މުދާ ގެނެވޭނެ ކަމަށެވެ. އެއީ ކުދި އަދި މެތުފަންތީގެ އިތުރުން ވިޔަފާރިވެރިންނަށް ލިބިގެންދާނެ ފަހި ފުރުޞަތުތަކެއް ކަމަށް އޭނާ ވިދާޅުވިއެވެ. މީގެ އިތުރުން ޓޫރިޒަމް ދާއިރާއަށް އޭގެ ނަފާކޮށް މި ބޯޓް ވެގެންދާނީ އިކޮނޮމިކް ގޭޓްވޭ އަށް ހުޅުވޭ އިތުރު ދޮރެއްކަމަށް.

" 10 ޓަމް ކާގޯ އެވްރެޖްކޮށް އަޅުގަނޑުމެންނަށް އޮފަރ ކުރެވޭނެ. އެއީ ފަސިންޖަރުންގެ ބެގޭޖް ގެ ބަރުދަން އުނިކުރުމަށް ފަހު" ސައްފާހު ވިދާޅުވިއެވެ.

ވައިޑް ބޮޑީ އެއަރ ކްރާފްޓް ގެ ދަތުރުތައް ފުރަތަމަ ފެށުމަށް ހަމަޖެހިފައިވަނީ ޗައިނާގެ ތިން މަންޒިލަކަށެވެ. އެއީ ޗެންދޫ، ޝަންހާއީ އަދި ބެއިންޖިން އެވެ. މިއިން ކޮންމެ މަންޒިލަކަށް ހަފްތާއަކު އެއް ދަތުރުކުރުމަށް ރާވާފައިވާ ކަމަށް މޯލްޑިވިއަން އިން މައުލޫމާތުދެއެވެ.

މި ބޯޓުގައި ހުންނާނީ ޖުމުލަ 264 ގޮނޑިއެވެ. އޭގެ ތެރޭގައި ހިމެނެނީ 18 ބިޒިނަސް ކްލާސް، 36 ޕްރިމިއަމް އިކޮނޮމީ އަދި 2010 އިކޮނޮމީ ކްލާސް ގޮނޑިއެވެ.

ބޯޓް ގެނެސް ޚިދމަތް ދޭން ފެށުމާއި ދިމާކޮށް މޯލްޑިވިއަން އިން އާއްމުންނަށް އެ ކުންފުނީގެ އަދި މި ބޯޓާއި ބެހޭ މައުލޫމާތު ދިނުމަށް ޙަރަކާތް ތަކެއްވެސް ވަނީ ރާވާފައެވެ. ބޮޓުގެ އެންމެ ފަހުގެ ތައްޔާރިތައް ނިންމުމުގެ މަސައްކަތް ކުރަމުންދާއިރު މިހާރު ބޮޓް އޮތީ ސިންގަޕޯރގައެވެ.

ސައްފާހު ވިދާޅުވީ މޯލްޑިވިއަންގެ އަމާޒަކީ އަންނަ އަހަރުގެ ފިނި މޫސުން އަންނަންވާއިރަށް ޔޫރަޕްގެ ޤައުމުތަކަށްވެސް ދަތުރުު ފެށުން ކަމަށެވެ. މީގެ އިތުރުން ސައުތު އެފްރިކާއަށްވެސް ދަތުރުތައް ފެށުމަށް ތައްޔާރުވަމުންދާ ކަމަށް އޭނާ ވިދާޅުވިއެވެ.

ވައިޑް-ބޮޑީ މަތިންދާބޯޓު ރާއްޖެ ގެނެސް ޚިދުމަތް ދޭން ފެށުމަކީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ވަޢުދެކެވެ.

މި ލިޔުން ކިޔާލުމުން

Like
Love
Ah Ah
Wow
Sad
ކިޔުންތެރިންގެ ހިޔާލު