Tuesday, November 10
ބިޓްކޮއިންގެ އަގު 100،000 ޑޮލަރަށް އަަރައިިފި

ބިޓްކޮއިން ގެ އަގު ފުރަތަމަފަހަރަށް އެއް ލައްކަ ޑޮލަރަށް އަރައިފިއެވެ.

މިއީ އެމއެރިކާގެ ރައީސް ކަމަށް، އިންތިޚާބުވެވަޑައިގެންނެވި ރައީސް ޑޮނަލްޑް ޓްރަމްޕް، ކްރިޕްޓޯއާއި ރައްޓެހި ސިޔާސަތުތަކެއް ގެންގުޅޭނެ ބެލެވޭ އިސްމަޤާމްތަކަށް އައްޔަންކުރި ފަރާތްތައް އިއުލާން ކުރުމާއި ގުޅިގެން އައި ކުރިއެރުމެއް ކަމަށް ބަލެވެއެވެ.

މި ގޮތުން އައްޔަންކުރައްވަން ނިންމަވާފައިވާ އެންމެ މުހިންމު އެއް މަޤާމުގެ ތެރޭގައި ހިމެނެނީ ސެކިއުރިޓީސް އެންޑް އެކްސްޗޭންޖް ކޮމިޝަންގެ މަޤާމް އެވެ. ސެކިއުރިޓީސް އެންޑް އެކްސްޗޭންޖް ކޮމިޝަނަކީ ކްރިޕްޓޯ ކަރަންސީ ރެގިއުލޭޓް ކުރާ މުއައްސަސާއެވެ. މި މަޤާމަށް އައްޔަންކުރެއްވުމަށް ޑޮނަލްޑް ޓްރަމްޕް ނިންމްވާފައިވަނީ ޕައުލް އެޓްކިންސް އެވެ. އެ މަޤާމަށް އޭނާގެ ނަން މިހާރު ވަނީ ނޮމިނޭޓް ކޮށްފައެވެ. ޕައުލް އެޓްކިންސް އަކީ ކްރިޕްޓޯ އަށް ތާޢީދުކުރާ ފަރާތެއްގެ އިތުރުން ކުރީގެ ސެކިއުރިޓީސް އެންޑް އެކްސްޗޭންޖް ކޮމިޝަނަރ އެވެ.

ޑޮނަލްޑް ޓްރަމްޕް ރައީސް ކަމަށް އިންތިޚާބުވެ ވަޑައިގެނނެވުމާއި ހަމައަށް ބިޓްކޮއިންގެ އަގު އެއްދުވަހުގެ ތެރޭގައި ހަ ހާސް ޑޮލަރު އިތުރުވެ 74000 ޑަޮލަރަށް ވުރެ މަތިވެފައިވެއެވެ. އޭގެ ހަފްތާއެއް ފަހުން ނުވަދިހަ ހާސް ޑޮލަރަށް އަރައި މިހާރު ހުރީ އެއްލައްލަ ޑޮލަރުގައެވެ.

މިއަހަރުގެ މިހާތަނަށް ބިޓްކޮއިންގެ އަގު އުޅެނީ 130 އިންސައްތަ އިތުރުވެފައެވެ. މީގެ ބޮޑުބައެއް އައިސްފައިވަނީ އިންތިޚާބުގެ ފަހުން ހިންގުނު ރެލީ ތަކާއި ގުޅިގެންނެވެ.

 

މި ލިޔުން ކިޔާލުމުން

Like
Love
Ah Ah
Wow
Sad
ކިޔުންތެރިންގެ ހިޔާލު