ހުޅުމާލޭ ފަޅުތެރޭގައި ޚަބަރު ހުސްވެފައި އޮތް މީހަކު ފެނިއްޖެއެވެ.
ފުލުހުންގެ ޚިދުމަތުން ދެންމެ މީޑިއާތަކާ ހިއްސާކުރި މެސެޖެއްގައި ބުނީ ހުޅުމާލޭ ފަޔަރ ސްޓޭޝަންއާ ދިމާއިން ފަޅުތެރެއިން ޚަބަރު ހުސްވެފައި އޮތް މީހަކު ފެނިގެން އެ މީހާ ހޮސްޕިޓަލަށް ގެންދިމުގެ މަސައްކަތް ކުރަމުންދާ ކަމަށެވެ.
އެއީ ފިރިހެނެއް ކަމަށް ފުލުހުން ބުންޏެވެ.
ފުލުހުން ބުނީ ސީންގައި ފުލުހުން ހަރަކާތްތެރިވަމުންދާ ކަމަށެވެ.
މި ލިޔުން ކިޔާލުމުން