ޔޫތު މިނިސްޓްރީގެ ކުރީގެ ޑެޕިއުޓީ މިނިސްޓަރު އަޙްމަދު ނިޡާމް، ސްޓޭޓް އިލެކްޓްރިކް ކޮމްޕެނީ ގޭ ބޯޑު މެންބަރެއްގެ ގޮތުގައި މިއަދު އައްޔަންކޮށްފިއެވެ.
މި ސަރުކާރުގެ ކުރީކޮޅު ޔޫތު މިނިސްޓްރީގެ ޑެޕިއުޓީ މިނިސްޓަރުކަން ކުރެއްވި ނިޡާމަކީ، 2004 އިން 2012 އަށް އެމްއެންޑީއެފް ކޯސްޓުގާޑުގައި ޚިދުމަތް ކުރައްވާފައިވާ ބޭފުޅެކެވެ. އެ މުއްދަތުގައި އޭނާ ވަނީ ކޯސްޓްގާޑުގެ ފްލީޓް ޑައިވަރެއްގެ ގޮތުގައާއި 'ޣާޒީ' އުޅަނދުގެ ކޯޕްރަލެއްގެ ގޮތުގައި މަސައްކަތް ކުރައްވައި، އޯޕަން ވޯޓާ، އެޑްވާންސްޑް އަދި ރެސްކިއު ޑައިވިންގ ތަމްރީނުތައް ފުރިހަމަކުރައްވާފައެވެ.
ކޯސްޓުގާޑުގެ ޚިދުމަތުގެ އިތުރުން، އިމާރާތްކުރުމާއި، ރިސޯޓު ތަރައްޤީކުރުމުގެ މަޝްރޫޢުތައް ބެލެހެއްޓެވުމުގެ އިތުރުން އިދާރީ ހިންގުމުގެ ދާއިރާއިންވެސް ނިޡާމް ވަނީ ތަޖުރިބާ ހޯއްދަވާފައެވެ.
ތަޢުލީމީ ދާއިރާއަށް ބަލާއިރު، ނިޡާމް ވަނީ ވިލާ ކޮލެޖުން ޝަރީޢާ އެންޑް ލޯ އިން ފުރަތަމަ ޑިގްރީ އަދި ޕޯސްޓްގްރެޖުއޭޓް ޑިޕްލޮމާ ހާސިލުކުރައްވާފައެވެ.
މި ލިޔުން ކިޔާލުމުން



