މި ސީޒަނުގެ ޕްރިމިއާ ލީގުގައި އެސްޓަން ވިލާއިން ވަނީ ވާދަވެރި ކުޅުމަކަށްފަހު 3-2 ގެ ނަތީޖާއަކުން ޓޮޓެންހަމް ހޮޓްސްޕާ ބަލިކޮށް، ސީޒަނުގެ ފުރަތަމަ މޮޅު ހޯދާފައެވެ. މި ބައްޔާއެކު ލީގުގައި ކުޅުނު ފަސް މެޗުން ވެސް ޓޮޓެންހަމަށް މޮޅެއް ލިބިފައެއް ނުވެއެވެ.
މެޗު ވަރުގަދަކޮށް ފެށި ސްޕާސްއިން ނުރައްކާތެރި ހަމަލާތަކެއް އުފެއްދި ނަމަވެސް، ފުރަތަމަ ހާފުގެ އިތުރު ވަގުތުގައި ވިލާގެ ފުރަތަމަ އެގާރައިގައި އަލަށް ހިމެނުނު ޖޮހާން މަންޒަމްބީ ވަނީ އެ ޓީމަށް ލީޑު ނަގައިދީފައެވެ.
ދެވަނަ ހާފުގައި ޓޮޓެންހަމްގެ މުހައްމަދު ކުޑޫސް ޖެހި ލަނޑު އޮފްސައިޑް ކަމަށް ނިންމިފަހުން، ނިކޮލަސް ޖެކްސަން އަދި އެމިލިއާނޯ ބުއެންޑިއާ ޖެހި ލަނޑުތަކުން ވިލާއިން ލީޑު ފުޅާކުރިއެވެ.
މެޗުގެ ފަހުކޮޅުގައި ކޯނާ ގަލަގާ އަދި ޔެން ޕޯލް ވެން ހެކޭ ޖެހި ލަނޑުތަކުން ސްޕާސްއިން ފަރަގު ކުޑަކުރި ނަމަވެސް، މި ނަތީޖާއާއެކު ޓޮޓެންހަމް ވަނީ ތާވަލުގެ 19 ވަނައަށް ވެއްޓިފައެވެ. އަދި މޮޅުވި އެސްޓަން ވިލާ ވަނީ ތާވަލުގެ 15 ވަނައަށް ޖެހިލާފައެވެ.
މި ލިޔުން ކިޔާލުމުން



