ޓެކްނިކަލް މައްސަލައެއް ދިމާވެ އިންޑިއާގެ ކޮޗިންގައި ތާށިވި ދިވެހިން، ޤައުމީ އެއާލައިން މޯލްޑިވިއަންގެ ފްލައިޓެއްގައި މިއަދު ރާއްޖެ ގެނެސްފިއެވެ.
އިއްޔެ ކޮޗިން އިން މާލެ އައުމަށް ހަމަޖެހިފައި އޮތް މޯލްޑިވިއަންގެ އެއާބަސް އޭ320 މަރުކާގެ ބޯޓަށް ދިމާވި މައްސަލައަކާ ގުޅިގެން ފްލައިޓް ވަނީ ކެންސަލް ކުރަން ޖެހިފައެވެ. ނަމަވެސް، އެ މައްސަލަ ހައްލުކުރުމަށްފަހު މިއަދު މެންދުރުފަހު ވަނީ ކޮޗިންގައި މަޑުކުރަންޖެހުނު ހުރިހާ ފަސިންޖަރުން މާލެ ގެނެސްދީފައެވެ.
އިންޑިއާގެ ކޮޗިންއަކީ ސިއްހީ ފަރުވާއަށާއި ވިޔަފާރީގެ އިތުރުން ޗުއްޓީ ހޭދަކުރުމަށް ދިވެހިންގެ މެދުގައި ވަރަށް މަގުބޫލު މަންޒިލެކެވެ. މޯލްޑިވިއަނުން ކޮޗިންއަށް ސީދާ ދަތުރުތައް ފަށާފައިވަނީ 28 އޮކްޓޯބަރު 2019 ގައެވެ. މާލެއާއި ކޮޗިންއާ ދެމެދު މޯލްޑިވިއަންގެ އިތުރުން އިންޑިއާގެ އިންޑިގޯ އެއާލައިނުންވެސް ދަތުރުތައް އޮޕަރޭޓް ކުރާއިރު، ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުން ކޮޗިންއަށް ދިއުމަށް ނަގަނީ ގާތްގަނޑަކަށް ދޮޅު ގަޑިއިރެވެ.
މި ލިޔުން ކިޔާލުމުން



