މޯލްޑިވިއަން އަދި އިއްތިހާދު އެއާވޭސްއާ ދެމެދު އައު ޕާޓްނަޝިޕް އެއްބަސްވުމެއްގައި ސޮއިކޮށްފިއެވެ.
މި އެއްބަސްވުމުގެ ދަށުން "އިއްތިހާދު ގެސްޓް" މެންބަރުންނަށް އެފަރާތްތަކުގެ އިއްތިހާދު ގެސްޓް މައިލްސް ބޭނުންކޮށްގެން މޯލްޑިވިއަންގެ ދަތުރުފަތުރުގެ ވިއުގަ މެދުވެރިކޮށް ދަތުރުކުރުމުގެ ފުރުސަތު ލިބިގެންދާނެއެވެ.
މޯލްޑިވިއަން އާއި އިއްތިހާދުގެ މެދުގައި ކުރިންވެސް އޮތް އިންޓަރލައިން ޕާޓްނަޝިޕްގެ މައްޗަށް ބިނާކޮށް ވެވުނު މި އެއްބަސްވުމުގެ ސަބަބުން، އިއްތިހާދު ގެސްޓް މެންބަރުންނަށް މާލޭގެ އިތުރުން ދިވެހިރާއްޖޭގެ އެކި ކަންކޮޅުތަކުގައިވާ މަންޒިލްތަކަށް ދަތުރުކުރުމަށް ބޮޑެތި ފަސޭހަތަކެއް ލިބިގެންދާނެއެވެ.
މި ދެ އެއާލައިންގެ މެދުގައި ގުޅުން ބަދަހިކޮށް ދަތުރުފަތުރުގެ ވިއުގަ އިތުރަށް ވަރުގަދަކުރުމުގެ ގޮތުން ވެވުނު މި އެއްބަސްވުމުގައި ސޮއިކޮށްފައިވަނީ އަރަބިއަން ޓްރެވަލް މާކެޓް ގައެވެ.
މި ލިޔުން ކިޔާލުމުން



