ރިޝްވަތާއި މަނީ ލޯންޑަރިންގެ ދައުވާތަކާ ގުޅިގެން ކްރިމިނަލް ކޯޓަށް ހާޒިރުވުމަށް ކުރީގެ ރައީސް ޢަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމަށް އެ ކޯޓުން ވަނީ ޗިޓު ފޮނުވާފައެވެ.
މިއަދު ފޮނުވި މި ޗިޓުގައިވަނީ މި މަހުގެ 29 ވަނަ ދުވަހުގެ ހެނދުނު 9:15 އަށް ކޯޓަށް ހާޒިރުވުމަށް އަންގާފައެވެ. އެމަނިކުފާނު ކޯޓަށް ހާޒިރުކުރަނީ މައްސަލައިގެ ޝަރީއަތުގެ ކުރީގެ ހުށަހެޅުންތަކާ ގުޅޭގޮތުން ވާހަކަދެއްކުމަށް ބާއްވާ އަޑުއެހުމަކަށެވެ.
ވ. އާރަށް ކުއްޔަށް ދޫކުރުމުގެ މުއާމަލާތާ ގުޅިގެން 2022 ވަނަ އަހަރުގެ ޑިސެމްބަރު މަހު ޔާމީންގެ މައްޗަށް އިއްވި ހުކުމް، 2023 ވަނަ އަހަރުގެ ފަހުކޮޅު ހައިކޯޓުން ވަނީ ބާތިލުކޮށް، މައްސަލަ އަލުން ބެލުމަށް ދަށު ކޯޓަށް އަންގާފައެވެ. ހައިކޯޓުން ނިންމާފައިވަނީ މައްސަލަ އަލުން ބަލާއިރު ދައުލަތުން ހުށަހެޅި އާ ހެކިތައް ބަލައިނުގަނެވޭނެ ކަމަށެވެ. އަދި އައު ހެކިތައް ބަލައިނުގަނެވޭނެ ކަމަށް ސުޕްރީމް ކޯޓުންވެސް ވަނީ މިދިޔަ ޖުލައި މަހުގެ ފުރަތަމަ ދުވަހު ނިންމާފައެވެ.
މި ލިޔުން ކިޔާލުމުން



