ރާއްޖޭގެ ކަނޑުގެ ސަރަހައްދު ބެލެހެއްޓުމަށް ކޯސްޓުގާޑުން ކުރަމުންދާ މަސައްކަތްތަކުގެ ތެރެއިން، ރާއްޖޭގެ ޚާއްޞަ އިޤްތިޞާދީ ސަރަހައްދުގައި ޤާނޫނާއި ޚިލާފަށް މަސްވެރިކަން ކުރަމުންދިޔަ ބޭރުގެ މަސްބޯޓެއް އެމްއެންޑީއެފް ކޯސްޓްގާޑުގެ ބެލުމުގެ ދަށަށް ގެނެސްފިއެވެ.
މިއަދު ކޯސްޓުގާޑުގެ ބެލުމުގެ ދަށަށް ގެނެސްފައިވަނީ ކ. ދިއްފުށީގެ އިރުން 123 ނޯޓިކަލް މޭލު ބޭރުގައި ހަރަކާތްތެރިވަމުންދިޔަ ބޯޓެކެވެ. މުޅިއެކު 6 މީހުންނާއެކު ޤާނޫނާ ޚިލާފަށް މަސްވެރިކަން ކުރަނިކޮށް އަތުލައިގަތް މި ބޯޓު މާލެއަށް ގެނައުމުގެ މަސައްކަތް ސިފައިން މިހާރު ދަނީ ކުރަމުންނެވެ. ނަމަވެސް އެއީ ކޮން ޤައުމެއްގެ ބޯޓެއްކަމުގެ މައުލޫމާތު ލިބިފައެއްނުވެއެވެ.
ރާއްޖޭގެ ކަނޑުގެ ސަރަހައްދަށް ބޭރު ޤައުމުތަކުގެ މަސްބޯޓުތައް ވަދެ، ޤާނޫނާ ޚިލާފަށް މަސްވެރިކަން ކުރަނިކޮށް މީގެ ކުރިންވެސް އެކި ފަހަރު މަތިން ކޯސްޓްގާޑުން ވަނީ ހިފަހައްޓާފައެވެ. އަދި އެފަދަ ހާދިސާތަކުގައި އަތުލައިގަނެވޭ ބޯޓުތައް ބޮޑެތި އަދަދުތަކުން ޖޫރިމަނާކޮށް، ޤާނޫނީ ފިޔަވަޅުތައް އަޅާފައިވެއެވެ.
މި ލިޔުން ކިޔާލުމުން



