މެންޗެސްޓާ ޔުނައިޓެޑް އަތުން މެންޗެސްޓާ ސިޓީ މޮޅުވި މެޗުގައި ހަރަކާތްތެރިވި ވީއޭއާރް ގެ ދެ އޮފިޝަލަކު، ކުރިއަށް އޮތް ހަފުތާ ބަންދުގައި ކުޅުމަށް ހަމަޖެހިފައިވާ ޕްރިމިއާ ލީގުގެ މެޗުތަކުން އެކަހެރިކުރުމަށް ޗީފް ރެފްރީ އޮފިސަރު ވަނީ ނިންމަވާފައެވެ.
މެންޗެސްޓާ ސިޓީ އާއި މެންޗެސްޓާ ޔުނައިޓެޑް ބައްދަލުކުރި މެޗުގައި، އާލިން ހާލަންޑް ޖެހި ލަނޑަކީ ރަނގަޅު ލަނޑެއް ކަމަށް ނިންމުމުގައި ވީއޭއާރް އޮފިޝަލުންނަށް ގޯހެއް ހެދުނު ކަމަށް ރެފްރީންގެ އިދާރާއިން ވަނީ އެއްބަސްވެފައެވެ. އެ މެޗުގައި ހާލަންޑް އޮންސައިޑްގައި ހުރި ނަމަވެސް، އޮފްސައިޑް މަގާމެއްގައި ހުރެ ބޯޅަ ކުޅެން މަސައްކަތްކުރި އެންޒޯ ފެނާންޑޭޒްގެ ނުފޫޒަށް ވީއޭއާރް އިން ރިއާޔަތްކޮށްފައެއް ނުވެއެވެ.
މި ގޯހާ ގުޅިގެން ޗީފް ރެފްރީ އޮފިސަރު ހަވަރޑް ވެބް އާއި މެނޭޖްމަންޓް ޓީމު ގުޅިގެން ނިންމި ނިންމުމެއްގެ ދަށުން، އެ މެޗުގެ ވީއޭއާރް އޮފިޝަލުން ކުރިއަށް އޮތް އިންޓަނޭޝަނަލް ބްރޭކް ނިމެންދެން ވެސް އެނބުރި ވާޖިބަށް ނުކުންނާނެ ކަމަކަށް ނުބެލެވެއެވެ.
މި މެޗުން ބަލިވި ޔުނައިޓެޑް ލީގުގެ 13 ވަނައިގައި އޮތްއިރު، މޮޅުވި މެންޗެސްޓާ ސިޓީ ވަނީ ތާވަލުގެ އެއްވަނައިގައި އޮތް އާސެނަލްއާ ޕޮއިންޓުގެ ގޮތުން އެއްވަރުކޮށްފައެވެ. ކުރިއަށް އޮތް ދުވަސްތަކުގައި މި ދެ ޓީމުން ވެސް ލީގު ކަޕާއި ޕްރިމިއާ ލީގުގެ މެޗުތަކަށް ނުކުންނާނެއެވެ.
މި ލިޔުން ކިޔާލުމުން



