ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒުގެ ދައުވަތަކަށް، މެލޭޝިއާގެ ބޮޑުވަޒީރު އަންވަރު އިބްރާހީމް މި މަހުގެ 14 އިން 15 އަށް ރާއްޖެއަށް ރަސްމީ ދަތުރުފުޅެއް ކުރެއްވުމަށް ވަނީ ހަމަޖެހިފައެވެ. މިއީ 2022 ވަނަ އަހަރުގެ ނޮވެމްބަރު މަހު މެލޭޝިއާގެ ބޮޑުވަޒީރުކަމާ ހަވާލުވެވަޑައިގެންނެވި ފަހުން އަންވަރު އިބްރާހީމް ރާއްޖެއަށް ކުރައްވާ ފުރަތަމަ ދަތުރުފުޅެވެ. ރައީސް އޮފީހުން މަޢުލޫމާތު ދެއްވި ގޮތުގައި މި ދަތުރުފުޅަކީ 2025 ވަނަ އަހަރުގެ އޭޕްރީލް މަހު ރައީސް މުއިއްޒު މެލޭޝިއާއަށް ކުރެއްވި ރަސްމީ ދަތުރުފުޅުގައި ދެއްވި ދައުވަތަކާ ގުޅިގެން ކުރައްވާ ދަތުރުފުޅެކެވެ.
މި ދަތުރުފުޅުގެ މައިގަނޑު މަގުސަދަކީ ދެ ގައުމުގެ ދެމެދުގައި އޮތް ޒަމާންވީ އެކުވެރި ގުޅުން އިތުރަށް ހަރުދަނާކުރުމެވެ. އެގޮތުން، ދެ ޤައުމުގެ އިސް ވެރިންގެ މެދުގައި ބާއްވާ ރަސްމީ މަޝްވަރާތަކުގައި ތަފާތު ދާއިރާތަކުންނާއި ބައިނަލްއަގުވާމީ މައިދާނުގައި ގުޅުން ފުޅާކުރުމާ ގުޅޭގޮތުން ވާހަކަފުޅު ދައްކަވާނެއެވެ. އަދި ދެ ޤައުމުގެ ގުޅުން އާ ހަރުފަތަކަށް ގެންދިއުމުގެ ގޮތުން މުހިންމު އެއްބަސްވުންތަކެއްގައި ސޮއިކުރުމަށްވެސް ވަނީ ހަމަޖެހިފައެވެ.
މި ދަތުރުފުޅުގެ ތެރެއިން މެލޭޝިއާގެ ބޮޑުވަޒީރުގެ އަރިހަށް، ނައިބު ރައީސް ހުސައިން މުހައްމަދު ލަތީފާއި، ރައްޔިތުންގެ މަޖިލީހުގެ ރައީސް އަބްދުއްރަހީމް އަބްދުﷲ އަދި ފޮރިން މިނިސްޓަރު އިރުތިޝާމް އާދަމް އިހުތިރާމުގެ ޒިޔާރަތެއް ކުރައްވާނެއެވެ. ދިވެހިރާއްޖެއާއި މެލޭޝިއާއާ ދެމެދު ހާރިޖީ ގުޅުން ގާއިމުކުރެވުނުތާއަށް މިހާރު ވަނީ 58 އަހަރު ފުރިފައެވެ.
މި ލިޔުން ކިޔާލުމުން



