އަޕަރ ސައުތު ޕޮލިސް ރީޖަންގައި ހިމެނޭ ރަށެއްގައި، އިތުބާރު ކުރެވޭ މަގާމެއްގައި ހުރެ 13 އަހަރުގެ އަންހެން ކުއްޖަކަށް ޖިންސީ ގޯނާކޮށް، ޖިސްމާނީ އަދި ނަފްސާނީ އަނިޔާދިން ކަމަށް ތުހުމަތުކުރެވޭ މައްސަލައެއްގައި 41 އަހަރުގެ ފިރިހެނަކު ހައްޔަރުކޮށްފިއެވެ.
ފުލުހުން މަޢުލޫމާތު ދެއްވި ގޮތުގައި، މި އަހަރުގެ އޮގަސްޓު މަހުގެ 31 ވަނަ ދުވަހު ރިޕޯޓުކުރެވުނު މި މައްސަލައާ ގުޅިގެން އެ މީހާ ހައްޔަރުކޮށްފައިވަނީ މިއަދުގެ ވަގުތެއްގައެވެ.
Advertisement
މި މައްސަލަ ދިވެހި ފުލުހުންގެ ޚިދުމަތުން ދަނީ އިތުރަށް ތަހުގީގު ކުރަމުންނެވެ.



