Thursday, October 22
ނޭޕާލަށް އެހީވުމަށް މޯލްޑިވިއަން ރެޑް ކްރެސެންޓުން ހުޅުވާލި ފަންޑުގެ މުއްދަތު އިތުރުކޮށްފި

ނޭޕާލަށް ދިމާވެފައިވާ ކުއްލި ނުރައްކަލުގެ ހާލަތުން އަރައިގަތުމަށް އެހީތެރިވުމުގެ ގޮތުން މޯލްޑިވިއަން ރެޑް ކްރެސެންޓް އިން ހުޅުވާލާފައިވާ "އެމްއާރުސީ ނޭޕާލް ސޮލިޑަރިޓީ ފަންޑު" އަށް ފައިސާ ހަދިޔާކުރުމުގެ މުއްދަތު 13 ސެޕްޓެމްބަރު 2026 ގެ ނިޔަލަށް އިތުރުކޮށްފިއެވެ.

އެމްއާރުސީން މަޢުލޫމާތު ދޭ ގޮތުގައި މި މުއްދަތު އިތުރުކުރަން ނިންމީ އާންމުންގެ އެދުމުގެ މަތިން، އެހީތެރިކަން ފޯރުކޮށްދޭން ބޭނުންވާ ވީހާވެސް ގިނަ ފަރާތްތަކަށް އެ ފުރުސަތު ފަހިކޮށްދިނުމުގެ ގޮތުންނެވެ. އަދި ކުރިން އެމެރިކާ ޑޮލަރުން އެކަނި އެހީ ބަލައިގަތް ނަމަވެސް، މިހާރު ދިވެހި ރުފިޔާއިންވެސް ފަންޑަށް ފައިސާ ހަދިޔާކުރެވޭނެ އިންތިޒާމު ވަނީ ހަމަޖައްސާފައެވެ.

2 ސެޕްޓެމްބަރު 2026 ގެ މުހިންމު ހިސާބުތަކަށް ބަލާއިރު، ދިވެހި ރައްޔިތުންގެ ދީލަތި އެހީތެރިކަމާއެކު މިހާތަނަށް 2,127.78 އެމެރިކާ ޑޮލަރު ވަނީ މި ފަންޑަށް ލިބިފައެވެ.

ދިވެހިރާއްޖެއާއި ނޭޕާލަކީ ސާކްގެ މެންބަރު ދެ ޤައުމުގެ ގޮތުގައި ގާތް، އެކުވެރި ގުޅުމެއް ދަމަހައްޓަމުން އަންނަ ދެ ޤައުމެވެ. ހާއްސަކޮށް، ރާއްޖޭގެ ސިއްހީ ދާއިރާގައި ގިނަ އަދަދެއްގެ ނޭޕާލް ޑޮކްޓަރުންނާއި މެޑިކަލް މުވައްޒަފުން ހިދުމަތް ކުރައްވަމުންދާއިރު، އުނގަންނައިދިނުމުގެ ދާއިރާއާއި އިމާރާތްކުރުމުގެ ދާއިރާއާއި އަދި ރާއްޖޭގެ ކެފޭ ރެސްޓައުރަންޓް ތަކުގައި ނޭޕާލުގެ ގިނަ ރައްޔިތުން ރާއްޖޭގައި ވަޒީފާ އަދަކުރަމުންދެއެވެ. މީގެ އިތުރުން މަތީ ތައުލީމު ހާސިލުކުރުމަށް ދިވެހި ގިނަ ދަރިވަރުންތަކެއްވެސް ނޭޕާލުގައި ދިރިއުޅެއެވެ. އެހެންކަމުން، ނޭޕާލަށް ދިމާވާ ކޮންމެ ބޮޑު މުސީބާތަކީ ދިވެހިންގެ ހިތްތަކާ ވަރަށް ބޮޑަށް ގުޅިފައިވާ ކަމެކެވެ.

ފަންޑަށް އެހީތެރިކަން ފޯރުކޮށްދެވޭނެ ގޮތްތައް:

  1. އޮންލައިންކޮށް ކާޑުން (Give.Asia): https://redcrescentmv.give.asia/s/sh32360792-wmeuln
  2. ބޭންކް އެކައުންޓް މެދުވެރިކޮށް:
  • ބޭންކް އޮފް މޯލްޑިވްސް (BML):
    • އެކައުންޓް ނަން: Maldivian Red Crescent
    • ދިވެހި ރުފިޔާ (MVR): 7730000379010
    • އެމެރިކާ ޑޮލަރު (USD): 7701176022002
  • މޯލްޑިވްސް އިސްލާމިކް ބޭންކް (MIB):
    • އެކައުންޓް ނަން: Maldivian Red Crescent
    • ދިވެހި ރުފިޔާ (MVR): 99010155500036100
    • އެމެރިކާ ޑޮލަރު (USD): 99010155500036200

އިތުރު މަޢުލޫމާތު ހޯއްދެވުމަށް އެމްއާރުސީގެ އޮފިޝަލް ވެބްސައިޓް https://redcrescent.org.mv/mrc-nepal-solidarity-fund އަށް ޒިޔާރަތްކުރައްވާށެވެ.

މި ލިޔުން ކިޔާލުމުން

Like
Love
Ah Ah
Wow
Sad
ކިޔުންތެރިންގެ ހިޔާލު