Thursday, October 22
ކުޑަކުއްޖަކަށް ޖިންސީ އަދި ޖިސްމާނީ އަނިޔާކުރި މައްސަލައެއްގައި މީހަކު ހައްޔަރުކޮށްފި
އަޕަރ ސައުތު ޕޮލިސް ރީޖަންގައި ހިމެނޭ ރަށެއްގައި، އިތުބާރު ކުރެވޭ މަގާމެއްގައި ހުރެ 13 އަހަރުގެ އަންހެން ކުއްޖަކަށް ޖިންސީ ގޯނާކޮށް، ޖިސްމާނީ އަދި ނަފްސާނީ އަނިޔާދިން ކަމަށް ތުހުމަތުކުރެވޭ މައްސަލައެއްގައި 41 އަހަރުގެ ފިރިހެނަކު ހައްޔަރުކޮށްފިއެވެ.

ފުލުހުން މަޢުލޫމާތު ދެއްވި ގޮތުގައި، މި އަހަރުގެ އޮގަސްޓު މަހުގެ 31 ވަނަ ދުވަހު ރިޕޯޓުކުރެވުނު މި މައްސަލައާ ގުޅިގެން އެ މީހާ ހައްޔަރުކޮށްފައިވަނީ މިއަދުގެ ވަގުތެއްގައެވެ.

މި މައްސަލަ ދިވެހި ފުލުހުންގެ ޚިދުމަތުން ދަނީ އިތުރަށް ތަހުގީގު ކުރަމުންނެވެ.

މި ލިޔުން ކިޔާލުމުން

Like
Love
Ah Ah
Wow
Sad
ކިޔުންތެރިންގެ ހިޔާލު