ރ. ދުވާފަރު ޕަވަރ ސިސްޓަމް އަޕްގްރޭޑްކުރުމަށް މެންދުރުފަހު ކަރަންޓު މެދުކެނޑިދާނެ ކަމަށް މާލޭ ވޯޓަރ އެންޑް ސްވަރޭޖް ކަމްޕެނީ ޕްރައިވެޓް ލިމިޓެޑް (އެމްޑަބްލިޔުއެސްސީ) އިން ބުނެފިއެވެ.
އެމްޑަބްލިޔުއެސްސީން މިއަދު ނެރުނު ނޯޓިސްއެއްގައި ބުނެފައިވަނީ ދުވާފަރު ޕަވަރ ސިސްޓަމް އަޕްގްރޭޑް ކުރުމުގެ މަސައްކަތެއް މިއަދު 13:00 އިން 18:00 އަށް ކުރިއަށްގެންދިއުމަށް ހަމަޖެހިފައިވާ ކަމަށެވެ. އަދި މި މަސައްކަތްތައް ކުރިއަށްދާއިރު، ދުވާފަރުގެ ކަރަންޓުގެ ޚިދުމަތް މެދުކެނޑިގެންދާނެ ކަމަށްވެސް އެ ކުންފުނިން ބުންޏެވެ.
Advertisement
އެމްޑަބްލިޔުއެސްސީން ވަނީ މިކަމުގެ ސަބަބުން ކަސްޓަމަރުންނަށް ދިމާވެދާނެ ދަތިތަކަށް މަޢާފަށް އެދިފައެވެ.



