Tuesday, October 13
ޤައުމީ ދުވަހުގެ މުނާސަބަތުގައި އިސްރަށްވެހިންގެ ނާދީއިން ޚާއްސަ ރަސްމިއްޔާތެއް ބާއްވައިފި

1448 ވަނަ އަހަރުގެ ޤައުމީ ދުވަހުގެ މުނާސަބަތު ފާހަގަކުރުމުގެ ގޮތުން އިސްރަށްވެހިންގެ ނާދީއިން ޚާއްސަ ރަސްމިއްޔާތެއް ބާއްވައިފިއެވެ.

މި ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވާފައިވަނީ ޞިއްޙަތާއި ޢާއިލާއާއި އިޖުތިމާޢީ އެހީއާ ބެހޭ ވަޒީރު ޤީލާ އަލީއެވެ. އުރީދޫގެ ދީލަތި އެހީތެރިކަމާއެކު ކުރިއަށްދިޔަ މި ހަފުލާގައި، އިސްރަށްވެހިންގެ ޚާއްސަ ހަރަކާތްތަކާއި އެކި ކަހަލަ ހުށަހެޅުންތައް ވަނީ ކުރިއަށް ގެންގޮސްފައެވެ. މީގެއިތުރުން، ދިވެހި ސަގާފީ ކެއުންތައް ހިމެނޭ ޚާއްސަ ސުފުރާއެއްވެސް މި ރަސްމިއްޔާތުގެ ތެރެއިން ވަނީ ކުރިއަށް ގޮސްފައެވެ.

ޤައުމީ ދުވަހުގެ މުނާސަބަތުގައި ބޭއްވި މި ހަރަކާތަކީ އިސްރަށްވެހިންގެ މެދުގައި އޮންނަ ގުޅުން ބަދަހިކޮށް، ދިވެހި ސަގާފަތާއި އާދަކާދަތައް ދިރުވައި އާލާކުރުމަށް ބޭއްވުނު މުހިންމު ހަރަކާތެކެވެ.

މި ލިޔުން ކިޔާލުމުން

Like
Love
Ah Ah
Wow
Sad
ކިޔުންތެރިންގެ ހިޔާލު