ޓެކްސްގެ ގާނޫނުތަކުގެ ދަށުން 2025 ވަނަ އަހަރު އަދާކުރަންޖެހޭ އިލްތިޒާމްތައް އެންމެ ފުރިހަމައަށް އަދާކޮށް، ދައުލަތަށް އެންމެ ގިނައިން ޓެކްސް ދެއްކި ފަރާތްތަކުގެ އަގުވަޒަންކުރުމުގެ ގޮތުން މޯލްޑިވްސް އިންލަންޑް ރެވެނިއު އޮތޯރިޓީ އިން ދޭ ރަންލާރި އެވޯޑް 20 ފަރާތަކަށް ދީފިއެވެ. މީރާއަށް 16 އަހަރު ފުރުމުގެ ގޮތުން ބޭއްވި ހާއްސަ ރަސްމިއްޔާތުގައި މި އެވޯޑު ދީފައިވަނީ 12 ގިންތިއަކުންނެވެ.
މި ހަފްލާގައި އެވޯޑު ހާސިލްކުރި މައިގަނޑު ފަރާތްތަކަކީ:
Advertisement
- ފަތުރުވެރިކަމުގެ ދާއިރާ (ޖީއެސްޓީ އަދި ގްރީން ޓެކްސް):
- 150 އެނދަށްވުރެ ދަށް: ވެލާ ޕްރައިވެޓް އައިލެންޑް މޯލްޑިވްސް
- 151 އާއި 250 އެނދާ ދެމެދު: ދަ ރިޓްޒް ކާލްޓަން މޯލްޑިވްސް ފަރި އައިލެންޑް
- 250 އެނދަށްވުރެ ގިނަ: ވަލްޑޯފް އެސްޓޯރިއާ މޯލްޑިވްސް އިތާފުށި
- ޓޫރިސްޓް ހޮޓާ: ހުޅުލެ އައިލެންޑް ހޮޓެލް (އެޗްއައިއެޗް)
- ގެސްޓްހައުސް: ސަމަން ގްރޭންޑް
- ޓޫރިސްޓް އުޅަނދު: ވިލަމެންދޫ އިންވެސްޓްމަންޓްގެ "ގޮމަފުޅު"
- ޓްރެވެލް އެޖެންސީ: އިންޓުއަރ މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑް
- އެހެނިހެން ދާއިރާތައް:
- އެތެރޭގެ ވައިގެ ދަތުރުފަތުރު: ޓްރާންސް މޯލްޑިވިއަން އެއާވޭސް (ޓީއެމްއޭ)
- އެއާޕޯޓް ޓެކުހާއި ފީ: އިއްތިހާދު އެއާވޭސް
- އިންކަމް ޓެކްސް (ބޭންކު ގިންތި): ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް)
- ސަރުކާރު ހިއްސާވާ ކުންފުނިތައް: ދިރާގު
މީގެ އިތުރުން ފަރުދުން ނޫން ފަރާތްތަކުގެ އިންކަމް ޓެކްސްގެ ގިންތިއާއި، ފަތުރުވެރިކަމުގެ ދާއިރާ ނޫން އެހެނިހެން ދާއިރާތަކުން އެންމެ ގިނައިން ޖީއެސްޓީ ދެއްކި ފަރާތްތަކަށްވެސް މީރާއިން ވަނީ އެވޯޑު ހަވާލުކޮށްފައެވެ.



