Tuesday, October 13
މުދަލު ޒަކާތުގެ ނިޞާބަށް ބަދަލު ގެނެސްފި

ގޮވާމުން ޒަކާތް ދައްކާފައި - ފޮޓޯ: އިސްލާމިކް މިނިސްޓްރީ

ރާއްޖޭގައި މުދަލު ޒަކާތް ނެރެން ވާޖިބުވާ ނިޞާބަށް ބަދަލު ގެނެސްފިއެވެ.

މިގޮތުން ދިވެހިރާއްޖޭގެ ޒަކާތު ހައުސް އިން މިއަދު ބުނީ މުދަލު ޒަކާތުގެ ނިޞާބު ކަނޑައެޅުމުގައި އެ އިދާރާއިން ޢަމަލުކުރަމުންދާ އުޞޫލުގެ ދަށުން، ރާއްޖޭގައި މުދަލު ޒަކާތް ނެރެނީ ރިހީގެ އަގަށް ބެލުމަށްފަހުގައި ކަމަށްވާތީ، 20 އޮގަސްޓު 2026 އިން ފެށިގެން ފައިސާއިން މުދަލު ޒަކާތް ނެރުން ވާޖިބުވާ ނިޞާބަކީ، ރިހީގެ ގުރާމަކަށް 32.38ރ. ގެ ރޭޓުން 595 ގްރާމަށްވާ 19،266،10ރ. ކަމުގައި ކަނޑައަޅާފައިވާ ކަމަށެވެ.

ޒަކާތު ހައުސް އިން ވަނީ މުދަލު ޒަކާތަކީ އިސްލާމް ދީނުގެ ރުކުނަކަށް ވީ ހިނދު، އެމީހެއްގެ މިލްކިއްޔާތުގައި ނިޞާބު ހަމަވާ މިންވަރަށް ފައިސާ ހުރެ، އެ ފަިސާ ހުންނަތާ ހިޖުރީ އެއް އަހަރުވުމުން، ޝަރުޢީ ހަމަތަކާ އެއްގޮތަށް އޭގެ ސާޅީސްބައި ކުޅަ އެއްބައި (%2.5) ނެރުމަށް ނަސޭހަތްތެރިވެފައެވެ.

އެންމެ ފަހުން ޒަކާތު ހައުސްއިން މުދަލު ޒަކާތުގެ ނިޞާބަށް ބަދަލު ގެނެސްފައިވަނީ 2026 އެޕްރީލް 21 ވަނަ ދުވަހުއެވެ. އޭރު މުދަލު ޒަކާތުގެ ނިޞާބަކީ 21،836.50ރ. އެވެ.

ރާއްޖޭގައި ޒަކާތް ބަލައިގަންނަނީ ދައުލަުގެ ޓެކްސް އިދާރާ، މޯލްޑިވްސް އިންލަންޑް ރެވެނިއު އޮތޯރިޓީ (މީރާ) އިންނެވެ.

މި ލިޔުން ކިޔާލުމުން

Like
Love
Ah Ah
Wow
Sad
ކިޔުންތެރިންގެ ހިޔާލު