ލޯކަލް ގަވާމަންޓް އޮތޯރިޓީ ގެ ބޯޑަށް ކައުންސިލަރުންނާއި އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީ ތަކުގެ ރައީސުންގެ ތެރެއިން މެންބަރުން އިންތިހާބުކުރުމަށް ބާއްވާ އިންތިހާބު މުއްދަތެއް ނެތް ގޮތަށް ފަސްކޮށްފިއެވެ.
އެލްޖީއޭއިން ނެރުނު ކުރު ބަޔާނެއްގައި ބުނެފައިވަނީ، މި މަހުގެ 8 ވަނަ ދުވަހު ބޭއްވުމަށް ކުރިން ހަމަޖެހިފައިވި މި އިންތިހާބު ފަސްކުރަން ނިންމީ އިންތިހާބާ ގުޅޭގޮތުން ނިންމަންޖެހޭ މުހިންމު މަސައްކަތްތަކެއް ނުނިމި ހުރުމުންނެވެ.
Advertisement
މި އިންތިހާބު ކުއްލި ގޮތަކަށް ފަސްކޮށްފައި މިވަނީ، ސިޔާސީ ޕާޓީތަކުން އިންތިހާބުގައި ވާދަކުރާނެ ކެންޑިޑޭޓުންވެސް ކަނޑައަޅައި ނިންމާފައިވަނިކޮށެވެ.



