މޯލްޑިވްސް އެއާޕޯޓްސް ކޮމްޕެނީ ލިމިޓެޑް އިން ހާމަކޮށްފައިވާ ގޮތުގައި، ދުނިޔޭގެ ފަތުރުވެރިކަމުގެ ދާއިރާގައި ދެވޭ އެންމެ ޝަރަފުވެރި އެއް އެވޯޑް ކަމަށްވާ "ވޯލްޑް ޓްރެވަލް އެވޯޑްސް 2026" ގެ ދެ ކެޓަގަރީއަކުން ވެލާނާ އިންޓަނޭޝަނަލް އެއަޕޯޓާއި މާމަހި އެގްޒެކެޓިވް ލައުންޖް ވަނީ ނޮމިނޭޓްވެފައެވެ.
މިގޮތުން ވެލާނާ އިންޓަނޭޝަނަލް އެއަޕޯޓް "އިންޑިއަން އޯޝަންސް ލީޑިން އެއަޕޯޓް 2026" ގެ މަގާމަށް ނޮމިނޭޓްވެފައިވާއިރު، މީގެ ކުރިން 12 ފަހަރު މި ލަގަބު ހޯދާފައިވާ މި އެއަޕޯޓަށް މިފަހަރު ލިބުނު ނޮމިނޭޝަނުން ރަމްޒުކޮށްދެނީ އިންޑިއާ ކަނޑުގެ ސަރަހައްދުގައި އެއަޕޯޓުން ދަމަހައްޓަމުންދާ ކުރިއަރާފައިވާ މަގާމެވެ. މީގެއިތުރުން "އިންޑިއަން އޯޝަންސް ލީޑިން އެއަޕޯޓް ލައުންޖް 2026" ގެ މަގާމަށް މާމަހި އެގްޒެކެޓިވް ލައުންޖް ނޮމިނޭޓްވެފައިވަނީ ދަތުރުވެރިންނަށް ފެންވަރު ރަނގަޅު އަދި އަރާމު ހިދުމަތްތަކެއް ފޯރުކޮށްދިނުމަށް އެ ލައުންޖުން ކުރަމުންދާ މަސައްކަތުގެ އަގުވަޒަންކުރުމުގެ ގޮތުންނެވެ.
1993 ވަނަ އަހަރުން ފެށިގެން ދެމުން އަންނަ މޯލްޑިވްސް ޓްރެވަލް އެވޯޑްސްގެ މި ނޮމިނޭޝަންތަކަކީ، ރާއްޖޭގެ މައި ދޮރާށީގެ ގޮތުގައި ވެލާނާ އެއަޕޯޓުގެ މަގާމު ވަރުގަދަކޮށް، ފަސިންޖަރުންނަށް ދެވޭ ހިދުމަތްތައް އިތުރަށް ފުރިހަމަކުރުމަށް އެމްއޭސީއެލްއިން ކުރަމުންދާ މެދުނުކެނޑި މަސައްކަތްތަކަށް ލިބުނު ބޮޑު ކުރިއެރުމެކެވެ.



