އިދިކޮޅު މައި ޕާޓީ، އެމްޑީޕީގެ ކޮންގްރެސް އަންނަ ސެޕްޓެމްބަރ މަހުގެ 19 ވަނަ ދުވަހު ބޭއްވުމަށް އެ ޕާޓީން ނިންމައިފިއެވެ.
އެމްޑީޕީން މިގޮތަށް ނިންމާފައިވަނީ އެ ޕާޓީގެ ޤައުމީ މަޖިލީހުގެ 4 ވަނަ ދައުރުގެ 36 ވަނަ ބައްދަލުވުމުގައެވެ. މިރޭ ބޭއްވި މި ބައްދަލުވުމުގައި ކޮންގްރެސް ބާއްވާނެ ތާރީޚެއްގެ ގޮތުގައި ސެޕްޓެމްބަރ 19 ހުށަހެޅުއްވީ ޕާޓީގެ ޗެއާޕާސަން، ރައީސް މުހައްމަދު ނަޝީދެވެ.
Advertisement
ޖުމްލަ 63 މެންބަރުން ބައިވެރިވި މި ބައްދަލުވުމުގައި އެ ހުށަހެޅުމަށް 52 މެންބަރުންގެ އަޣުލަބިއްޔަތުން ވަނީ ތާއީދުކޮށްފައެވެ.
އެމްޑީޕީގެ ކޮންގްރެސް ސެޕްޓެމްބަރު މަހަށް ތާވަލުކޮށްފައިވާއިރު، ވެރިކަން ކުރާ މައި ޕާޓީ ޕީއެންސީ ގެ ޤައުމީ މަޖިލީހުގެ ބައްދަލުވުންވެސް ބޭއްވުމަށް ހަމަޖެހިފައިވަނީ އަންނަ ސެޕްޓެމްބަރ މަހުއެވެ.



