އެގްރޯ ނޭޝަނަލް ކޯޕަރޭޝަން ލިމިޓެޑް (އެގްރޯނެޓް) ގެ ޑިރެކްޓަރުންގެ ބޯޑަށް ބޭފުޅަކު ޢައްޔަންކޮށްފިއެވެ.
މިގޮތުން ޕްރައިވަޓައިޒޭޝަން އެންޑް ކޯޕަރަޓައިޒޭޝަން ބޯޑު (ޕީސީބީ) އިން އެކްސްގައި ކުރި ޕޯސްޓެއްގައި ބުނެފައިވާ ގޮތުން އެގްރޯނެޓްގެ ބޯޑުގެ އެކައުންޓިންގ އެންޑް ފައިނޭންސްގެ މެންބަރުކަމުގެ މަޤާމަށް ޢައްޔަންކޮށްފައިވަނީ ގދ.ތިނަދޫ، ވިނަވި, އަލްފާޟިލާ ޝަޒުހަތު ލަތީފެވެ.
އެގްރޯ ނޭޝަނަލް ކޯޕަރޭޝަން ލިމިޓެޑްގެ ޑިރެކްޓަރުންގެ ބޯޑުގެ އެކައުންޓިންގ އެންޑް ފައިނޭންސްގެ މެންބަރުކަމުގެ މަޤާމަށް، ގދ.ތިނަދޫ، ވިނަވި, އަލްފާޟިލާ ޝަޒުހަތު ލަތީފް, ވަނީ 02 އޯގަސްޓް 2026 ގައި އައްޔަނުކޮށްފައި. pic.twitter.com/8p8oOvY806
— Privatization & Corporatization Board (@pcb_gov) August 2, 2026
އޭނާ އެ މަޤާމަށް ޢައްޔަންކޮށްފައިވަނީ މިއަދުން ފެށިގެންނެވެ.
ޕީސީބީން ވަނީ އެގްރޯނެޓްގެ މެނޭޖިންގ ޑިރެކްޓަރުގެ މަޤާމުގައި ހުންނެވި ގދ. ތިނަދޫ ބްލެކްސްމިތް، އަލްފާޟިލް ޙުސައިން ދީދީ ވެސް މިދިޔަ އެޕްރީލް މަހު އެ މަޤާމުން ވަކިކޮށްފައެވެ.



