Thursday, November 5
އެގްރޯނެޓްގެ ބޯޑަށް ޝަޒުހަތު ޢައްޔަންކޮށްފި
އެގްރޯ ނޭޝަނަލް ކޯޕަރޭޝަން ލިމިޓެޑް (އެގްރޯނެޓް) ގެ ޑިރެކްޓަރުންގެ ބޯޑަށް ބޭފުޅަކު ޢައްޔަންކޮށްފިއެވެ. މިގޮތުން ޕްރައިވަޓައިޒޭޝަން އެންޑް ކޯޕަރަޓައިޒޭޝަން ބޯޑު (ޕީސީބީ) އިން އެކްސްގައި ކުރި ޕޯސްޓެއްގައި ބުނެފައިވާ ގޮތުން އެގްރޯނެޓްގެ ބޯޑުގެ އެކައުންޓިންގ އެންޑް ފައިނޭންސްގެ މެންބަރުކަމުގެ މަޤާމަށް ޢައްޔަންކޮށްފައިވަނީ ގދ.ތިނަދޫ، ވިނަވި, އަލްފާޟިލާ ޝަޒުހަތު ލަތީފެވެ. އޭނާ އެ މަޤާމަށް ޢައްޔަންކޮށްފައިވަނީ މިއަދުން ފެށިގެންނެވެ. ޕީސީބީން ވަނީ އެގްރޯނެޓްގެ މެނޭޖިންގ ޑިރެކްޓަރުގެ މަޤާމުގައި ހުންނެވި ގދ. ތިނަދޫ ބްލެކްސްމިތް، އަލްފާޟިލް ޙުސައިން ދީދީ ވެސް މިދިޔަ އެޕްރީލް މަހު އެ މަޤާމުން ވަކިކޮށްފައެވެ.

މި ލިޔުން ކިޔާލުމުން

Like
Love
Ah Ah
Wow
Sad
ކިޔުންތެރިންގެ ހިޔާލު