ގަވާއިދާ ޚިލާފަށް ރާއްޖޭގައި އުޅެމުންދާ ބިދޭސީންގެ މައްސަލައަށް ދާއިމީ ޙައްލެއް ހޯދުމަށް އިމިގްރޭޝަން ޓާސްކް ފޯސްއިން ކުރިއަށްގެންދާ ޚާއްޞަ އޮޕަރޭޝަންތަކުގެ ތެރެއިން، އިއްޔެ ހުޅުމާލޭގައި ހިންގި އޮޕަރޭޝަނެއްގައި 20 ބިދޭސީއަކު އިމިގްރޭޝަންގެ ބެލުމުގެ ދަށަށް ގެންގޮސްފިއެވެ.
މޯލްޑިވްސް އިމިގްރޭޝަނުން ހާމަކޮށްފައިވާ ގޮތުގައި، ހުޅުމާލޭ ރަށު މާރުކޭޓުގައި ހިންގި ރެއިޑް އޮޕަރޭޝަނެއްގައި 55 ބިދޭސީއަކު ބަލައިފާސްކޮށް، ގަވާއިދާ ޚިލާފަށް މަސައްކަތް ކުރަމުންދިޔަ 20 ބިދޭސީއަކު ހައްޔަރުކޮށްފައިވާ ކަމަށެވެ.
The Task Force conducted a raid at Hulhumalé Rashu Market yesterday, targeting illegally working expatriates.
A total of 55 expatriates were inspected, and 20 expatriates found in violation of immigration regulations were detained.@PoliceMv @HomeMinistrymv pic.twitter.com/6gAs8Pp6AN
— Maldives Immigration (@ImmigrationMV) July 29, 2026
ރާއްޖޭގައި ގަވާއިދާ ޚިލާފަށް އުޅޭ ބިދޭސީންގެ މައްސަލަ ހައްލުކުރުމަށް ފުލުހުންނާއި އިމިގްރޭޝަން ގުޅިގެން ދަނީ ގިނަ މަސައްކަތްތަކެއް ކުރަމުންނެވެ.
މިގޮތުން، 2023 ވަނަ އަހަރުގެ ނޮވެންބަރު 17 އިން ފެށިގެން މިއަހަރުގެ ޖޫން 13 ވަނަ ދުވަހުގެ ނިޔަލަށް، ގަވާއިދާ ޚިލާފަށް އުޅެމުންދިޔަ 12,552 ބިދޭސީއަކު ރާއްޖެއިން ފޮނުވާލާފައިވާ ކަމަށް އިމިގްރޭޝަންގެ ތަފާސްހިސާބުތަކުން ދައްކައެވެ. މީގެ ތެރޭގައި ޑީޕޯޓްކުރި ފަރާތްތަކުގެ އިތުރުން އެކި ސަބަބުތަކާހުރެ ފޮނުވާލެވުނު ފަރާތްތައް ހިމެނެއެވެ. އަދި މިފަދައިން ފޮނުވާލެވުނު މީހުންގެ ތެރޭގައި ގަވާއިދާ ޚިލާފަށް އަމިއްލަ ވިޔަފާރިކުރާ މީހުންނާއި، ބޭނުންވާ ސައްހަ ލިޔެކިޔުންތައް ނެތް މީހުން ގިނަ އަދަދަކަށް ހިމެނޭކަން އިމިގްރޭޝަނުން ފާހަގަކުރެއެވެ.



