Thursday, November 5
ގަވާއިދާ ޚިލާފަށް އުޅެމުންދިޔަ 20 ބިދޭސީއަކު ހުޅުމާލޭ ރަށު މާރުކޭޓުން ހިފަހައްޓައިފި
ގަވާއިދާ ޚިލާފަށް ރާއްޖޭގައި އުޅެމުންދާ ބިދޭސީންގެ މައްސަލައަށް ދާއިމީ ޙައްލެއް ހޯދުމަށް އިމިގްރޭޝަން ޓާސްކް ފޯސްއިން ކުރިއަށްގެންދާ ޚާއްޞަ އޮޕަރޭޝަންތަކުގެ ތެރެއިން، އިއްޔެ ހުޅުމާލޭގައި ހިންގި އޮޕަރޭޝަނެއްގައި 20 ބިދޭސީއަކު އިމިގްރޭޝަންގެ ބެލުމުގެ ދަށަށް ގެންގޮސްފިއެވެ. މޯލްޑިވްސް އިމިގްރޭޝަނުން ހާމަކޮށްފައިވާ ގޮތުގައި، ހުޅުމާލޭ ރަށު މާރުކޭޓުގައި ހިންގި ރެއިޑް އޮޕަރޭޝަނެއްގައި 55 ބިދޭސީއަކު ބަލައިފާސްކޮށް، ގަވާއިދާ ޚިލާފަށް މަސައްކަތް ކުރަމުންދިޔަ 20 ބިދޭސީއަކު ހައްޔަރުކޮށްފައިވާ ކަމަށެވެ. ރާއްޖޭގައި ގަވާއިދާ ޚިލާފަށް އުޅޭ ބިދޭސީންގެ މައްސަލަ ހައްލުކުރުމަށް ފުލުހުންނާއި އިމިގްރޭޝަން ގުޅިގެން ދަނީ ގިނަ މަސައްކަތްތަކެއް ކުރަމުންނެވެ. މިގޮތުން، 2023 ވަނަ އަހަރުގެ ނޮވެންބަރު 17 އިން ފެށިގެން މިއަހަރުގެ ޖޫން 13 ވަނަ ދުވަހުގެ ނިޔަލަށް، ގަވާއިދާ ޚިލާފަށް އުޅެމުންދިޔަ 12,552 ބިދޭސީއަކު ރާއްޖެއިން ފޮނުވާލާފައިވާ ކަމަށް އިމިގްރޭޝަންގެ ތަފާސްހިސާބުތަކުން ދައްކައެވެ. މީގެ ތެރޭގައި ޑީޕޯޓްކުރި ފަރާތްތަކުގެ އިތުރުން އެކި ސަބަބުތަކާހުރެ ފޮނުވާލެވުނު ފަރާތްތައް ހިމެނެއެވެ. އަދި މިފަދައިން ފޮނުވާލެވުނު މީހުންގެ ތެރޭގައި ގަވާއިދާ ޚިލާފަށް އަމިއްލަ ވިޔަފާރިކުރާ މީހުންނާއި، ބޭނުންވާ ސައްހަ ލިޔެކިޔުންތައް ނެތް މީހުން ގިނަ އަދަދަކަށް ހިމެނޭކަން އިމިގްރޭޝަނުން ފާހަގަކުރެއެވެ.

މި ލިޔުން ކިޔާލުމުން

Like
Love
Ah Ah
Wow
Sad
ކިޔުންތެރިންގެ ހިޔާލު