ވޯލްޑް ކަޕް ގުރޫޕް އީގެ ފަހު މެޗުތަކުން އިކުއެޑޯ އާއި އައިވަރީ ކޯސްޓުން ތާރީހީ ކާމިޔާބީއަކާ އެކު މުބާރާތުގެ ދެވަނަ ބުރުން ޖާގަ ކަށަވަރު ކޮށްފިއެވެ. ނިއު ޔޯކް ނިއު ޖާޒީ ސްޓޭޑިއަމްގައި ކުޅުނު މެޗުގައި އިކުއެޑޯއިން ވަނީ ފަހަތުން އަރައި ވަރުގަދަ ޖަރުމަނު ބަލިކޮށްފައެވެ.
މި މެޗުގެ ދެވަނަ މިނެޓުގައި ފްލޯރިއަަން ވިޓްޒް ތަނަވަސްކޮށްދިން ފުރުސަތަކުން ލިރޯއި ސާނޭ ވަނީ ޖަރުމަނަށް ލީޑްނަގައި ދީފައެވެ. ނަމަވެސް އޭގެ ހަތް މިނެޓު ފަހުން ސަންޑަލޭންޑުގެ ވިންގާ ނިލްސަން އަންގުލޯ ވަނީ ހިތްގައިމު ހަމަލާއަކުން އިކުއެޑޯއަށް ނަތީޖާ ހަމަހަމަކޮށްދީފައެވެ. އިކުއެޑޯ މެޗުން މޮޅުކޮށްދިން ތާރީޚީ ލަނޑު 77 ވަނަ މިނެޓުގައި ޖަހައިދިނީ ގޮންޒާލޯ ޕްލާޓާއެވެ.
މި ބައްޔާއެކު ވެސް ޖަރުމަނަށް ގުރޫޕުގެ އެއްވަނަ ލިބުނީ ގޯލުގެ ތަފާތުންނެވެ. އިކުއެޑޯ ދެވަނަ ބުރަށް ދަތުރުކުރީ އެންމެ މޮޅު ތިންވަނަ ހޯދި ޓީމުތަކުގެ ތެރެއިންނެވެ.
މި ގުރޫޕުގެ އަނެއް މެޗުގައި އައިވަރީ ކޯސްޓުން ވަނީ ކިއުރަސާއޯ 2-0 އިން ބަލިކޮށްފައެވެ. މިއީ އައިވަރީ ކޯސްޓުގެ ވޯލްޑް ކަޕްގެ ނޮކްއައުޓް ބުރަށް ކޮލިފައިވި ފުރަތަމަ ފަހަރެވެ. އާސެނަލްގެ ކުރީގެ ފޯވާޑް ނިކޮލަސް ޕެޕޭ ޖެހި ދެ ލަނޑުން މޮޅުވި އައިވަރީ ކޯސްޓު ގަދަ 32 ގެ ބުރަށް ދަތުރު ކުރީ ގުރޫޕް އީގެ ދެވަނަ ޓީމުގެ ގޮތުގައެވެ.




