ހައުސިންގ ޑިވެލޮޕްމެންޓް ކޯޕަރޭޝަން ލިމިޓެޑްގެ ޑިރެކްޓަރުންގެ ބޯޑުގެ މެންބަރުކަމުގެ މަޤާމުން ހއ.ވަށަފަރު، ބޮޑުގެ ޔޫސުފް ވަޙީދު ވަކިކޮށްފިއެވެ. ޕްރައިވެޓައިޒޭޝަން ބޯޑުން ބުނީ އޭނާ މިއަދުން ފެށިގެން ވަކިކޮށްފައިވާކަމަށެވެ.
ޔޫސުފް ވަޙީދު އެޗްޑީސީގެ ޑިރެކްޓަރުންގެ ބޯޑަށް އައްޔަންކުރެއްވީ 2024 ވަނަ އަހަރުގެ ސެޕްޓެމްބަރު މަހުގައެވެ.
ހައުސިންގ ޑިވެލޮޕްމެންޓް ކޯޕަރޭޝަން ލިމިޓެޑްގެ ޑިރެކްޓަރުންގެ ބޯޑުގެ މެންބަރުކަމުގެ މަޤާމުން ހއ.ވަށަފަރު، ބޮޑުގެ އަލްފާޟިލް ޔޫސުފް ވަޙީދު މިއަދުން ފެށިގެން ވަނީ ވަކިކޮށްފައެވެ.
— Privatization & Corporatization Board (@pcb_gov) May 18, 2026
އޭނާ އަކީ އެކައުންޓިން އަދި ފައިނޭންސް ދާއިރާއިން މަތީ ތައުލީމް ހާސިލްކުރައްވާފައިވާ އަދި ޕްރައިވެޓް އަދި ޕަބްލިކް ދާއިރާގައި 15 އަހަރަށް ވުރެ ގިނަ ދުވަހު މަސައްކަތް ކުރައްވާ ތަޖުރިބާ ހުންނެވި ބޭފުޅެކެވެ.




