އޮސްޓްރިއާގެ ޤައުމީ އެއާލައިން، އޮސްޓްރިއަން އެއާލައިންސުން ރާއްޖެއަށް ދަތުރުކުރަން ފެށިތާ 30 އަހަރު ފުރުން ފާހަގަކޮށްފިއެވެ.
މިކަމަށްޓަކައި ވެލާނާ އިންޓަރނޭޝަނަލް އެއާޕޯޓު (ވީއައިއޭ) ގައި ބޭއްވި ކުލަގަދަ ރަސްމިއްޔާތެއްގައި ރާއްޖެ އައި އޮސްޓްރިއަން އެއާލައިންސްގެ ފްލައިޓަށް ވަނީ ވޯޓަރ ސެލިއުޓެއް އަރުވައިފައެވެ.
30 years of MLE ✈️ VIE flights ✨
Thank you, @_austrian for your dedication and for making us part of this remarkable journey ✈️🌍 pic.twitter.com/0y37EKZkCB— Velana Airport (@VelanaAirport) March 28, 2026
އަދި އޮސްޓްރިއަން އެއާލައިންސުން ރާއްޖެ އައި 328 ފަސިންޖަރުންނަށް ވަނީ ދިވެހި ސަގާފީ ހަރަކާތްތަކަކާއެކު ވަރަށް ހޫނު މަރުޙަބާއެއް ކިޔައިފައެވެ. މިގޮތުން އެއާލައިނުން އައި ފަސިންޖަރުންނަށް ބޮޑުބެރުގެ ހަރަކާތަކުން މަރުޙަބާ ކިޔާފައިވާއިރު، ފަސިންޖަރުންނަށް ވަނީ ކަޕްކޭކާއި ފިނިފެންމާވެސް ދީފައެވެ.






