ދިވެހި ފުލުހުންގެ ޚިދުމަތުން މިއަދު މާލޭގައި ވޯކް އެންޑް ޓޯކް ހަރަކާތެއް ކުރިއަށް ގެންގޮސްފިއެވެ.
ފުލުހުން ބުނީ މި ހަރަކާތުގެ ތެރެއިން ރައްޔިތުންނާ ގާތުން ބައްދަލުކޮށް، އެފަރާތްތަކުގެ ހާލުބަލައި، ހުރި ކަންބޮޑުވުންތަކާއި ދަތިތައް އޮޅުންފިލުވާފައިވާ ކަމަށެވެ.
މިއަދު މާލޭގައި ކުރިއަށް ގެންދިޔަ ވޯކް އެންޑް ޓޯކް ހަރަކާތުގެ ތެރެއިން.
މި ހަރަކާތުގައި ޑެޕިއުޓީ ކޮމިޝަނަރ އޮފް ޕޮލިސް ފަރުހާދު ފިކުރީ އާއި ފުލުހުންގެ އިސް އޮފިސަރުން ބައިވެރިވެލެއްވި. މި ހަރަކާތުގެ ތެރެއިން ރައްޔިތުންނާ ގާތުން ބައްދަލުކޮށް، އެފަރާތްތަކުގެ ހާލުބަލައި، ހުރި… pic.twitter.com/KcK1SEHZKV
— Maldives Police (@PoliceMv) February 28, 2026
މި ހަރަކާތުގައި ޑެޕިއުޓީ ކޮމިޝަނަރ އޮފް ޕޮލިސް ފަރުހާދު ފިކުރީ އާއި ފުލުހުންގެ އިސް އޮފިސަރުން ބައިވެރިވެލެއްވިއެވެ.
ފުލުހުންނާއި އާންމު ރައްޔިތުންނާ ދެމެދު އޮންނަ ގުޅުން ބަދަހިކޮށް ހަރުދަނާކުރުމަށް ދިވެހި ފުލުހުންގެ ޚިދުމަތުން ވަނީ މީގެ ކުރިންވެސް މާލޭގެ އިތުރުން އަތޮޅުތެރޭގެ އެކި ރަށްރަށުގައިވެސް މިފަދަ ވޯކް އެންޑް ޓޯކް ހަރަކާތްތައް ކުރިއަށްގެންގޮސްފައެވެ.






