މާލޭ ސްކޭޓް ޕާކު ކައިރީ ތޮށިގަނޑުގެ ހިލަތަކުގެ ދޭތެރޭގައި ތާށިވި މީހަކު، އެމްއެންޑީއެފް ފަޔަރ އެންޑް ރެސްކިއުއާއި ފުލުހުން ގުޅިގެން ސަލާމަތްކޮށްފިއެވެ.
މި ހާދިސާގެ މައުލޫމާތު ފުލުހުންނަށް ލިބިފައިވަނީ މިއަދު ހަވީރު 17:16 ހާއިރުއެވެ. އެ މީހާ ތޮށިގަނޑުގެ ގައުތަކުގެ ތެރޭގައި ތާށިވެފައި އޮއްވާ ފެނުނީ، އެ ސަރަހައްދުގައި އުޅުނު ބަޔަކަށް އެހީއަށް އެދި ގޮވާ އަޑު އިވިގެން ގޮސް ބެލުމުންނެވެ.
Advertisement
ރިޕޯޓު ލިބުމާއެކު ދެ އިދާރާ ގުޅިގެން ހިންގި ރެސްކިއު އޮޕަރޭޝަނުގައި އެމީހާ ސަލާމަތްކުރުމަށްފަހު، އިތުރު ފަރުވާއަށް މިހާރު ވަނީ އައިޖީއެމްއެޗަށް ފޮނުވާލާފައެވެ.
އޭނާ ހިލަތަކުގެ ތެރެއަށް ވެއްޓުނު ސަބަބާއި، ލިބުނު އަނިޔާތަކުގެ ތަފްސީލެއް ކަމާބެހޭ އެއްވެސް އިދާރާއަކުން އަދި ހާމައެއް ނުކުރެއެވެ.
މި ލިޔުން ކިޔާލުމުން



