މާލޭގެ ގެއެއްގެ ތެރޭގައި 18 އަހަރުގެ އަންހެނަކަށް ޖިސްމާނީ އަނިޔާކުރި މައްސަލައާ ގުޅިގެން މީހަކު ހައްޔަރުކޮށްފިއެވެ.
މާފަންނުގައި ހުރި ގެއެއްގެ ތެރޭގައި 18 އަހަރުގެ އަންހެނަކު ހުއްދަ ނޫން ގޮތުގައި ގަދަކަމުން ހިފަހައްޓައި ޖިސްމާނީ އަނިޔާކޮށްފައިވާ ކަމަށް ތުހުމަތު ކުރެވޭ މައްސަލަ ފުލުހުންނަށް ހުށަހަޅާފައިވަނީ ނޮވެންބަރު 18 ވަނަ ދުވަހުގެ 18:11 ހާއިރުއެވެ.
ފުލުހުން މިއަދު ބުނީ އެ މައްސަލައިގެ ތުހުމަތުގައި ނޮވެންބަރު 18 ވަނަ ދުވަހުގެ ރޭގެ ވަގުތެއްގައި ހ. ފޯސީޒަން، އަޙުމަދު އާހިލް މުނާޒު (19 އ) ހައްޔަރުކޮށްފައިވާ ކަމަށެވެ.
އަދި އޭނާގެ ބަންދާމެދު ގޮތެއް ނިންމުމަށް ކޯޓަށް ހާޒިރުކުރުމުން 15 ދުވަހަށް ބަންދު ކުރުމަށް އަމުރުކޮށްފައިވާ ކަމަށްވެސް ފުލުހުން ބުންޏެވެ.
އަދި މި މައްސަލަ ތަޙުޤީޤު ކުރަމުންދާ ކަމަށް ފުލުހުން ބުންޏެވެ.






