50 ވަނަ ޕަބްލިކް އޯޑަރ ޓްރެއިނިންގ ކޯސް ފަށައިފިއެވެ.
ފުލުހުން ހާމަކޮށްފައިވާ ގޮތުގައި މި މަހު 11 ވަނަ ދުވަހު ށ. ފުނަދޫގައި ފެށި މި ކޯހަކީ އަޕަރ ނޯތު ޕޮލިހާއި ނެޝަނަލް ކޮލެޖް އޮފް ޕޮލިސިންގ އެންޑް ލޯ އެންފޯސްމަންޓް ގުޅިގެން ހަތަރު ހަފުތާގެ މުއްދަތަށް ކުރިއަށްގެންދާ ކޯހެކެވެ.
މި ކޯހުގައި ބައިވެރިވި 22 ފުލުހުންގެ ތެރޭގައި ހިމެނެނީ 20 ފިރިހެން ފުލުހަކާއި ދެ އަންހެން ފުލުހުންނެވެ.
ފުލުހުން ބުނީ ޕަބްލިކް އޯޑަރ ޓްރެއިނިންގ ކޯހަކީ، ޕަބްލިކް ޑިސްއޯޑަރ ހާލަތްތަކުގައި ކެރިގެން ކުރިމަތިލުމަށް ފުލުހުން ތަމްރީނުކުރުމަށް ކުރިއަށްގެންދާ ކޯހެއް ކަމަށެވެ.
އަދި މި ކޯހުގައި ފުލުހުން ބޭނުންކުރާ ލެސްލީތަލް ހަތިޔާރު ބޭނުންކުރުމަށް ތަމްރީނުދޭނެ ކަމަށާއި، ކޯހުގެ ތެރެއިން ކިޔަވައިދެވުނު ހުރިހާ މާއްދާތައް ހިމެނޭހެން އަމަލީ މައިދާނުގައި ދިމާވާ ކަންކަމަށް ބިނާކޮށް ސިމިއުލޭޝަން އެކްސަސައިޒް ކުރިއަށް ގެންދާނެ ކަމަށްވެސް ފުލުހުން ބުންޏެވެ.






