ބިންވެރިޔާ ސްކީމުގެ ދަށުން ދޫކުރާ ގޯތިތަކުގެ އެއްބަސްވުމަށް ބަދަލު ގެނައީ ގާނޫނާ ފުށުއަރާތީ ކަމަށް ހައުސިން އެންޑް އިންފްރާންސްޓްރަކްޗާ މިނިސްޓަރު ޑރ. އަބްދުﷲ މުއްތަލިބް މިއަދު ވިދާޅުވެއްޖެއެވެ.
ބިންވެރިޔާ ސްކީމްގެ ދަށުން ދޫކުރާ ގޯތިތަކުގެ އެގްރިމަންޓް އަދި ރަޖިސްޓްރީ މިއަދުން ފެށިގެން ވަނީ ދޫކުރަން ފަށާފައެވެ.
އެއްބަސްވުމާއި ގުޅޭގޮތުން ބައެއް ފަރާތްތަކުން ވަނީ ޝަކުވާ ކުރަން ފަށާފައެވެ.
ބިންވެރިޔާ ސްކީމުން ގޯތިދޫކުރުމަށް ކުރެވޭ އެއްބަސްވުމަށް ގެނެވުނު ބަދަލު ގެނެވުނީ ދައުލަތުން ހަދާ އެއްބަސްވުންތައް ހުންނަންޖެހެނީ ޤާނޫނާ ފުށުނާރާ ގޮތަށް ކަމަށްވާތީ.
ބިިމާބެހޭ ގާނޫނު (ގާނޫނު ނަންބަރު 2002-01) ގެ 11 ވަނަ މާއްދާގައި ދިރިއުޅުމަށް ގޯތި ދެވޭ ގޮތް ވަރަށް ސާފުކޮށް… https://t.co/PkQc6l55vv pic.twitter.com/uCiBEc0d3a
— Abdulla Muththalib (@muththo) July 7, 2025
އެ އެކަމާއި ގުޅިގެން މިނިސްޓަރ މިއަދު ކުރެއްވި ޕޯސްޓެއްގައި ވަނީ ބިމާބެހޭ އެއްބަސްވުމާއި ގުޅޭގޮތުން ގާނޫނުގައި އޮންނަ މާއްދާގެ ފޮޓޯއެއް ހިއްސާކުރައްވާފައެވެ.
'' ބިންވެރިޔާ ސްކީމުން ގޯތިދޫކުރުމަށް ކުރެވޭ އެއްބަސްވުމަށް ގެނެވުނު ބަދަލު ގެނެވުނީ ދައުލަތުން ހަދާ އެއްބަސްވުންތައް ހުންނަންޖެހެނީ ޤާނޫނާ ފުށުނާރާ ގޮތަށް ކަމަށްވާތީ" މިނިސްޓަރ މުއްތޮލިބު ވިދާޅުވިއެވެ.
ކުރީ ސަރުކާރުގެ 'ބިންވެރިޔާ ސްކީމް'ގެ ދަށުން ގުޅީފަޅުން މަދުވެގެން 2000 ގޯތި ދޫކުރަން އޮތީ އިއުލާންކޮށްފައެވެ. މި ސަރުކާރުން ގުޅީފަޅުން މިހާރު ދޫކުރުމަށް ނިންމާފައިވަނީ 3،520 ގޯއްޗެވެ. އެއީ، ގިރާވަރުފަޅުން ލިބުނު ގޯތި ގުޅީފަޅަށް ބަދަލުކުރަން މީހުން އެދުނު މީހުން ހިމަނައިގެންނެވެ.
މި ލިޔުން ކިޔާލުމުން