އާދިއްތަ, November 8
ބިންވެރިޔާ ސްކީމުން ދޫކުރާ ގޯތީގެ އެއްބަސްވުމަށް ބަދަލު ގެނެވުނީ ގާނޫނާ ފުށުއަރާތީ: މުއްތަލިބު
ބިންވެރިޔާ ސްކީމުގެ ދަށުން ދޫކުރާ ގޯތިތަކުގެ އެއްބަސްވުމަށް ބަދަލު ގެނައީ ގާނޫނާ ފުށުއަރާތީ ކަމަށް ހައުސިން އެންޑް އިންފްރާންސްޓްރަކްޗާ މިނިސްޓަރު ޑރ. އަބްދުﷲ މުއްތަލިބް މިއަދު ވިދާޅުވެއްޖެއެވެ. ބިންވެރިޔާ ސްކީމްގެ ދަށުން ދޫކުރާ ގޯތިތަކުގެ އެގްރިމަންޓް އަދި ރަޖިސްޓްރީ މިއަދުން ފެށިގެން ވަނީ ދޫކުރަން ފަށާފައެވެ. އެއްބަސްވުމާއި ގުޅޭގޮތުން ބައެއް ފަރާތްތަކުން ވަނީ ޝަކުވާ ކުރަން ފަށާފައެވެ. އެ އެކަމާއި ގުޅިގެން މިނިސްޓަރ މިއަދު ކުރެއްވި ޕޯސްޓެއްގައި ވަނީ ބިމާބެހޭ އެއްބަސްވުމާއި ގުޅޭގޮތުން ގާނޫނުގައި އޮންނަ މާއްދާގެ ފޮޓޯއެއް ހިއްސާކުރައްވާފައެވެ. '' ބިންވެރިޔާ ސްކީމުން ގޯތިދޫކުރުމަށް ކުރެވޭ އެއްބަސްވުމަށް ގެނެވުނު ބަދަލު ގެނެވުނީ ދައުލަތުން ހަދާ އެއްބަސްވުންތައް ހުންނަންޖެހެނީ ޤާނޫނާ ފުށުނާރާ ގޮތަށް ކަމަށްވާތީ" މިނިސްޓަރ މުއްތޮލިބު ވިދާޅުވިއެވެ. ކުރީ ސަރުކާރުގެ "ބިންވެރިޔާ ސްކީމް"ގެ ދަށުން ގުޅީފަޅުން މަދުވެގެން 2000 ގޯތި ދޫކުރަން އޮތީ އިއުލާންކޮށްފައެވެ. މި ސަރުކާރުން ގުޅީފަޅުން މިހާރު ދޫކުރުމަށް ނިންމާފައިވަނީ 3،520 ގޯއްޗެވެ. އެއީ، ގިރާވަރުފަޅުން ލިބުނު ގޯތި ގުޅީފަޅަށް ބަދަލުކުރަން މީހުން އެދުނު މީހުން ހިމަނައިގެންނެވެ.

މި ލިޔުން ކިޔާލުމުން

Like
Love
Ah Ah
Wow
Sad
ކިޔުންތެރިންގެ ހިޔާލު