ދިވެހިރާއްޖެ 2040 ވަނަ އަހަރާ ހަމައަށް ތަރައްޤީގެ މަތީ ދަރަޖައަކަށް ވާޞިލުވުމުގެ މަތިވެރި އަމާޒަށް ވާޞިލުވުމަށްޓަކައި، ކުދި އަދި މެދު ފަންތީގެ ވިޔަފާރިތަކަށް ފަހި މާޙައުލެއް ޤާއިމުކުރުމަށް މި ސަރުކާރުން ދެމިހުންނާނެކަމުގެ ޔަޤީންކަން ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ދެއްވައިފިއެވެ.
"މައިކްރޯ، ސްމޯލް އެންޑް މީޑިއަމް ސައިޒްޑް އެންޓަޕްރައިޒަސް ޑޭ" ދުވަހާއި ގުޅުވައިގެން އެކްސް ގައި ޝާއިޢުކުރެއްވި ޕޯސްޓެއްގައި، ވިޔަފާރިވެރިންގެ މަސައްކަތްތައް ފާހަގަކުރައްވަމުން ރައީސް ވިދާޅުވީ، ވިޔަފާރިތަކުގެ ކުރިއެރުމަށް އެހީތެރިވެދިނުމާއި، އައު މާކެޓުތަކަށް ނުފޫޒު ފޯރުވުމުގެ މަގުފަހިކޮށްދިނުމާއި، އަދި ކުދި އަދި މެދު ފަންތީގެ ވިޔަފާރިތައް ބާރުވެރިކުރުވުމަކީ ސަރުކާރުގެ އަމާޒެއް ކަމުގައެވެ.
On this Micro, Small and Medium-sized Enterprises Day, we celebrate the entrepreneurs and innovators driving sustainable growth across our islands and around the world. We remain committed to empowering MSMEs through inclusive financing and improved access to markets. Building on…
— Dr Mohamed Muizzu (@MMuizzu) June 27, 2025
ރައީސް ވަނީ މިދިޔަ މަހު ބޭއްވި މޯލްޑިވްސް އެކްސްޕޯ 2025ގެ ކާމިޔާބީއާއެކު ކުދި ވިޔަފާރިތަކަށް ވެސް ކުރިއަރައިގެން ދެވޭނެ މަގެއް ހޯދައިދޭން ސަރުކާރުން ބޭނުންވާ ކަމަށް ވިދާޅުވެފައެވެ.
"2040 ވަނަ އަހަރުގެ ނިޔަލަށް ތަރައްގީވެފައިވާ ގައުމަކަށް ވުމުގެ އަމާޒު ހިފާފައިވާތީ، މި ސަރުކާރުން ކުދި އަދި މެދުފަންތީގެ ވިޔަފާރިތައް ކުރިއަރާނެ މާހައުލެއް އުފެއްދުމުގައި ސާބިތުވެ ދެމި އޮންނާނެ،" އެ މަނިކުފާނު ގެ ޕޯސްޓްގައި ވިދާޅުވިއެވެ.
ރައީސް ވިދާޅުވީ އިގުތިސާދު ފުޅާކޮށް، ތަރައްގީކުރުމަށް ވިޔަފާރިތަކުން ބޭނުންވާ ހުރިހާ އެއްބާރުލުމެއް މި ސަރުކާރުން ދެއްވާނެ ކަމަށެވެ.
މި ލިޔުން ކިޔާލުމުން