ތ. ގުރައިދޫގައި ތަރައްޤީކުރާ އެއަރޕޯޓަށް ބޭނުންވާ ބިން ހިއްކުމުގެ ޢަމަލީ މަސައްކަތް ފަށައިފިއެވެ.
އެމްޓީސީސީން އިއްޔެ ވަނީ ގުރަިއދޫގައި އެއަރޕޯޓް އެޅުމުގެ ބިން ހިއްކުމުގެ މަސައްކަތް ފަށާފައެވެ.މި މަޝްރޫއުއާއެކު އެރަށުގެ ގޮނޑުދޮށް ހިމާޔަތްކުރުމުގެ މަސައްކަތްވެސް ކުރިއަށްގެންދިއުމަށް ހަމަޖެހިފައިވާކަމަށް އެމްޓީސީސީން ވަނީ ބުނެފައެވެ.
We have commenced physical works of Land Reclamation for Th. Guraidhoo Airport Development Project.
Scope of works include, reclamation operations of 13.80 hectares, construction of 979m rock boulder revetment, 609m geo bag revetment. The value of the project is MVR 106.02… pic.twitter.com/VN4mfmHboJ
— MTCC Plc (@MTCCPlc) June 18, 2025
އެމްޓީސީސީން އިއްޔެ އާއްމުކުރި ބަޔާނުގައި ބުނީ، މަޝްރޫޢުގެ އަގަކީ ޖުމްލަ 106.02 މިލިއަން ރުފިޔާ ކަމަށެވެ. މި މަޝަރޫޢުގެ ދަށުން 13.80 ހެކްޓަރުގެ ބިން ހިއްކާއިރު، 979 ސަރަހައްދުގައި ހިލަވެލި ޖަހާނެއެވެ. މީގެ އިތުރުން 609 މީޓަރުގެ ސަރަހައްދެއްގައި ޖިއޯބޭގް ރިވެޓްމަންޓް ޖަހާނެއެވެ.
އެމްޓީސީސީން ބުނީ އާބާދީގައި 2272 މީހުން ދިރިއުޅޭ ގުރައިދޫގައި އެއަރޕޯޓް އެޅުމުން ގެސްޓްހައުސް ވިޔަފާރިއާއި ފަތުރުވެރިކަން އެސަރަޙައްދުގައި ތަރައްޤީވުމުން ރައްޔިތުންގެ ދިރިއުޅުމަށް ހެޔޮ ބަދަލުތަކެއް އަންނާނެކަމަށެވެ.
މި ލިޔުން ކިޔާލުމުން